ލިޔުނީ: ޙަމްދޫން ރަޝީދު ( ނަޑެއްލާ އެމް.ޑީ.ޕީ މެދުމިން ގޮފީގެ ރަޢީސް )
ނަޑެއްލާ ގައި ހަރަކާތް ތެރިވާ ނަޑެއްލަގެ އެމް.ޑީ.ޕީ ގޮފިތަކާއި ފޯކަލް ޕޮއިންޓާއި ގުޅިގެން 20 އޭޕްރީލް 2012 (މިއަދު) ހަވީރު ނަޑެއްލާ އެމް.ޑީ.ޕީ ހަރުގެ ކުރިމަތިން ފެށިފައިވާ މި ހިނގާލުން ފެށިފައިވަނީ މިއަދު ހަވީރު 16:00 ގައި ނަޑެއްލާ އެމް.ޑީ.ޕީ ހަރުގެ ކުރިމަތިންނެވެ.
މި ސުލްހަވެރި ހިނގާލުމުގައި ނަޑެއްލާގެ އެމް.ޑީ.ޕީ އަށް ތާޢިދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ. ހިގާލުމަށް އެކަށިގެންވާ ބަޔަކު ނިކުމެފައިވާކަމީ ބާޢީ ސަރުކާރުގެ މާބޮންޑު ތަރުޙީބެއް ނަޑެއްލާގައި ނެތްކަން ދައްކުވައިދޭކަމެކެވެ. އަދި މި ސުލްހަވެރި ހިގާލުމުގައި ރައްޔިތުން ޑިމާންޑް ކޮށްފައި ވަނީ ރާއްޖޭގެ އެހެނިހެން ރަށްރަށާއި ވެސް އެއްގޮތަށް އިންތިޙާބު އަވަސް ކުރުމަށާއި ކޮމަންވެލްތުގެ ގޮވާލުން ތަކަށް އިޖާބަ ދިނުމަށެވެ. އަދި މި ސުލްހަވެރި ހިނގާލުން ވަނީ ރަށުގެ އެއްމެހައި ބޮޑެތި މަގުތަކުގައި ކުރިޔަށް ގެންދެވިފައިވެއެވެ.
މި ހިނގާލުން ނިންމާލާފައިވަނީ ނަޑެއްލާ އެމް.ޑީ.ޕީ ހަރުގެޔަށެވެ. އަދި މި މުޒާހަރާގެ ޑިމާންޑް ތަކަށް ބާޢީ ސަރުކާރުން އިޖާބަ ނުދީފި ނަމަ އިތުރު މުޒާހަރާތަކެއް ކުރިޔަށް ގެންދާނެ ކަމަށް ނަޑެއްލާ އެމް.ޑީ.ޕީ ގެ ގޮފިތަކުގެ ރަޢީސުން ވިދާޅުވިއެވެ.