ފާތިމަތު ޝަހީދާ
ޅައުމުރުގެ ކުޑަ ކުދިން ކޮށްއުޅޭ ކަންކަން އެއީ އެކުރިކަމެއްގެ ގޮތުން ބޮޑައްޗަށް ތިބޭމީހުން އެކިފަހަރު އެކިގޮތަށް ވާހަކަ ދައްކާ އުޅޭ ކަންކަމެވެ. އެހެން ނަމަވެސް އިންސާނާ އޭނާގެ އަމިއްލަ ހަޔާތުގެ ތުއްތު އަދި ޅަދުވަސް ކަޑައްތުކޮށް ނިންމިގޮތް ހަނދާންނެތުން އެއީވަރަށް ގިނަފަހަރު ވާކަމެކެވެ. ޅައުމުރަގެ ދުވަސްތައް ހޭދަ ކުރާއިރު އެކުގައި ކުޅެ އުޅޭ ކުދިން އެއީ ތިމާގެނަފްސުގެ ހެދި ބޮޑުވުމަށް ވަރަށްވެސް މުހިންމު ދައުރެއް އަދާ ކޮށްދޭ ބައެކެވެ. ކަން މިހެން ހުރިކަމުގައި ވީނަމަވެސް ޅައުމުރުގެ އެކުވެރިޔާ ކުރާ ނޭދެވޭ ކަންކަން އެއީ ތިމާއަށް ވެސް ދަސްވާކަންކަމުގެ ތެރޭގައި ހިމެނިދާނެކަމެކެވެ. މި ނޭދެވޭކަން ކުރުމުން ބޮޑަށްޗައް ތިބޭމީހުން އެކަމާދޭތެރޭ އެކި ގޮތަށް ވާހަކަދައްކާ އެކަމަށް އެކިފަހަރު އެކިގޮތަށް އަމަލުކޮށް އުޅެއެވެ. މި މިސާލުން ބުނެދޭނަމަ، ބަޔަކުމީހުން ލޯބިން ކުއްޖަކަށް ދީފައިވާ ކުޅޭއެއްޗެއް އަނެއްކުއްޖާ ޖަހައިގަނެގެން ގެންގޮސް އެންމެންގެ ނުރުހުމާއެކުވެސް އޭނާގެ މިލްކަކަށް ހަދައިގެން އުޅޭތަންވެސް ބައެއްފަހަރު ފެންނަމުން ދެއެވެ. މިފަދަ ހާލަތުގައި އެކުއްޖާއަށް ކުރެވުނު ކަންތައް އެއީ ގޯސްކަމެއްކަމުގައި ބުނުމުން އެކަމާ ނުރުހި އެ އުޅޭގޮތުން މީހުން އޭނާއާ ދޭތެރޭ ނޭދެވުމުގެ ބަސް ބުނެ އެކުއްޖާ އެއްކިބައި ކުރާތަންވެސް އާދެއެވެ. އަދި ހަމަ އެފަދަ ކުދިންނަށް ދެވިފައިވާ އިޙްތިރާމް ކަޑާލާ އެމީހުންގެ މާހައުލުންއެކުއްޖާ ދުރުކުރާތަންވެސް އާދެއެވެ.
އިންސާނާ ޅަދުވަސް ނިމި ބޮޑުވެ މީހަކަށްވެ ކަންކަމަށް ތަސައްރަފުފުދި ކަންތައްތަކުގައި ފޯރާވަރަށްއަރާ ހަމަވުމުން ކަންކަން ކުރެވޭ އުސޫލު އެއީ ވަރަށް މުހިންމު ކަމެކެވެ..މީހުންގެ ތެރޭގައި ރުހުމާ ލޯބީގައި އުޅެގެން މެނުވީ އެމީހަކާ ދޭތެރޭގައި ދެކޭގޮތް ރަގަޅު ގޮތުގައި ނުހިފެއްޓޭކަން ހަމަ ޔަގީނެވެ. އެމީހަކަށް އިއްޒަތާ ކަރާމާތްލިބިގަތުމުގައި އޭނާގެ އަމަލު ބެހެއްޓޭ ގޮތް އެއީ ވަރަށް މުހިންމު ކަމެކެވެ.. މިކަން އެންމެ ބޮޑަށް ޔަޤީން ވަނީކޮންމެމީހަކުވެސް ތިމާގެ އަމިއްލަ ނަފްސާދޭތެރޭ ވިސްނާލުމުންނެވެ. ދުނިޔޭގަވާ އެންމެހާ ފޮތް ހަރުގަޑުގާ ބެހެއްޓިފައިވާ ހުރި ފޮތްތައް އެއްކޮށް ކީ ކަމުގައިވީ ނަމަވެސް އެމީހާ އެއީ އެންމެޢިލްމުވެރި މީހާކަމުގައި ނުވާކަން މިހާރު މިފެންނަ ހެކިތަކުން އެބަ ޔަގީން ކޮށް ދެއެވެ. ޤައުމުގައިވާ އެންމެ މުހިންމު ގޮޑި ގޮޑީގައި އިށީނުމަކުން އެމީހާ އެއީ އެންމެއިއްޒަތާ ކަރާމާތްތެރި މީހާ ނޫންކަން މިއޮއްބުނެދީ ނިންމީއެވެ. އައްސަރިބަހާ ސާބަސް އެއީ ގަދަކަމުން ހޯދޭނެ އެއްޗިއްސެއް ނޫންކަންވެސް މިހާރު އެގިއްޖެއެވެ.އިންސާނާ ކުރާ ނޭދެވޭ ކަންތަކުން މީހުންގެ ކުރިމަތީގައި އެމީހެއްގެއަގުވެއްޓި ބާކީވާތަންއާދެއެވެ.
ޤައުމެއްގައި ޑިމޮކްރަސީގެ ބިންގާ އެޅި ރައްޔިތުންގެ ތެރޭގައި މިރޮގުން ވާހަކަދެކެވި މީހުންގެ ވިސްނުމާ އަމަލު ޑިމޮކްރަސީގެ ރިެވެތި އުސޫލުގާ ކުރިޔަށް ނެރެ އެންމެންގެ ތެރޭގައި ހަމަހަމަކަން އަށަގަންނަން ހަމަ ފެށިވަގުތު މީގެ ތެރެއިން ބައެއްގެ ބުއްދީގެ ތެރެއަށް ނުބައި ކަމުގެ ވަސްވާސް ވަދެ ރައްޔިތުން ހަމަ މަގަށް ދަތުރުކޮށްކޮށް ތިއްބާ އެ ރިވެތި އުސޫލުން ރައްޔިތުން އެއްކިބާ ކުރުވީއެވެ. ބޯދާ ބައެއްގެ ނުބައި ބޯދާ ވިސްނުން ކުރިޔަށްނެރެ ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލީއެވެ. މިފަދަ ބަޔަކަށް މިކުރެވޭ ނުބައިކަމުން ރައްޔިތުން މުޅި އުމުރަށް އެމީހުނާ ދޭތެރޭ ދެކޭގޮތް އެއީ އެންމެ ނުބަައިކަމުގައި ވިޔަސް އެއީމިފަދަ ނުބައިމީހުނަށް އެހާބޮޑުކަމެއްކަމުގައި ދެކޭތަނެއްނުފެނެއެވެ. މި ނުބައިން ނިކުމެދާނެ ކަންކަމަށް ނުބަލާ ކޮންމެ ގޮތެއް އެއީ ވަރިހަމަކަމަށް ހަދައިގެން ތިބެ ޤައުމު ތަޅުވަމުން ކުރިއަށް ދެއެވެ. މި ގޮތަށް ޤައުމު ތަޅުވަމުންދާ އަނދިރި ބަޔަކަށް އެބައިމީހުންގެ ނުބައިކަމާ އެނުބައިކަމުން މީހުންގެ ނަފްރަތު އެމީހުންނަށް އަމާޒުވާކަން އެއްގޮތަކަށްވެސް އެގޭހަނެއް ހިޔެއްނުވެއެވެ. މިބައިމީހުންނަށް އޮތްނަމަ އޮތް އިޙްތިރާމެއް ގެއްލި ނުރުހުމުގެ ބަސްތައް އަމާޒުވަމުންދާކަން ބުއްދިއަށް ޤަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. ނަތީޖާއަކަށް މިވަނީ އެންމެހާ ނުބައި ބަސްބަހުންނާއި ނަންތައް އަމާޒުވެ ނަންކިލަބުވެ މީހުންގެތެރޭގައި ބާކީންނަށްވަނީއެވެ.
ބުއްދީގެ ހަމަމަގުން އެއްކިބާވެ ތިބެ ކުރި މިފަދަ ފާހިޝް އަމަލުން ޤައުމު ސަލާމަތް ކުރުމަށްރައްޔިތުން އަތުކުރި އޮޅާލާ މިފަދަ ބޮޑެތި ކަންކަމުގައި ކަންކުރާނެ ގޮތް ބުއްދީގެ ތެރޭގައި ގެންގުޅެ ކުރިޔާ ފަސް ބަލާ ރޭވުންތެރިކަމާއެކު އެވަގުތެއްގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ރައްޔިތުން އަވަސްވެގަތެވެ. ހަރުބުއްދީގެ މީހުން ގެއްލުނު މިނިވަންކަމާ ޙައްޤު ހޯދަން ކޮޅުކޮޅަށް ދުއްވައިގަނެ އެމީހަކަށް ކުރެވުނު ކަމެއްގައި މަސްޢޫލުވިއެވެ. މި ގޮތުން ޤައުމުގެ އެތެރެއިންނާއި ޤައުމުގެ ބޭރުން ކުރެވެން ހުރި ކަންކަން ހޯދާ ބަލާ އެހީ ހޯދުމުގެ މަސައްކަތައިގެން ކުރިޔަށް ދާންފެށިއެވެ..ބައެއްމީހުން އެކަހެރިވެ ގޭތެރެއިންނެވެ. އަނެއްބައިމީހުން މަގުމަތިންނެވެ. އަދި އަނެއްބަޔަކު ޤައުމުން ބޭރުގައެވެ.އަވަސް އިންތިޙާބަށް ގޮވާމީހުންގެ ގޮވެލި ހުއްޓާނުލާ ކުރިޔަށް ދަނީއެވެ. އިންސާފު ބޭނުމޭ ބުނާމީހުންގެ ބުނުމުގެ އަޑު ދަނީ ހަރުވަމުންނެވެ. ޤައުމު އަނދަވަޅަށް ވައްޓާލި މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަށް ގޮވާލާ، ފިޔަވަޅުމަތީގައި ސާބިތުކަމާއެކު ތިބި މީހުންނަކަށް ވަރުބަލިކަމެއް އިޙްސާސެއް ނުކުރެވެއެވެ. ޤައުމުން ބޭރުގައި މަސައްކަތް ފެށި މީހުންގެ މަސައްކަތް ހުއްޓާލުމުގެ ފިކުރު ނުގެންގުޅޭކަން ހަމަކަށަވަރެވެ.
މިއެންމެން އެއްއަޒުމެއްގާ އެއްހިތްވަރާއެކު އަތުކުރި އޮޅާލައިގެން ނިކުމެ ކުރަންފެށި މަސައްކަތުން ނަތީޖާ ނިކުންނަމުން ދިޔައީ އެކިފަހަރު އެކިވަރަށެވެ. މިގޮތުން ޑިމޮކްރަޓިކް ވެރިކަން ފޭރިގަތް ފަހުން ރައްޔިތުން ސިޔާސީ ގޮތުން ހޭލެވި އަޑު އުފުލުމަށް ނިކުތް ފުރަތަމަފަހަރުގައި އެންމެންގެ ގައިގައި ތަޅައިގަތްގަތުން ވީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކަށެވެ. މި ފާއިތުވި ދެމަހާ ދުވަސް ކޮޅުގެތެރޭގައި ބާޣީ ސަރުކާރުގައި ކުއްވެރިންގެ ގޮތުގައި ޖަލަށް ލެވުނު 500 އާ ގާތްކުރާ މީހުންސިޔާސީ ކުށްވެރިންގެ ގޮތުގައި ޖަލަށްލުން ވީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކަށެވެ. ރައްޔިތުންނަށް ދެމުންގެންދާ ޖިސްމާނީ، އަދި ނަފްސާނީ އަނިޔާ އެއީ ބޭއިންސާފުން ލިބޭ އަނިޔާކަމުން އެކަންވަނީ ރައްޔިތުންނަށް ވަރަށް ބޮޑުކާމިޔާބީއަކަށެވެ. މިހިރަ މިހިރަ ކަންކަމުން .ދުނިޔޭގެ އެތައް އެތައް ޖަމްއިއްޔާ ޖަމާއަތްތަކުން ރާއްޖޭގާ ބަޔަކު ހިންގަމުން ގެންދާ ނާއިންސާފު އަމަލާ ދޭތެރޭ ނަޒަރު ހުއްޓި، ރާއްޖޭގާ މިހާރު ހިނގާ ކަންތައްތަކާ ދޭތެރޭ ޝައުގުވެރިކަން އުފެދި ގާތުން ބަލާ ޤައުމު ހަމަ މަގަށް އެޅުމަށް ބޭނުންވާ އެހީ ފޯރުކޮށްދޭން ތިބިކަން ފާޅުކުރާކަން ވީ ރައްޔިތިންނަށް ލިބޭ ވަރަށްބޮޑު ކާމިޔާބީއަކަށެވެ. ޤައުމުގައި ރައްޔިތުންނަށް ލިބެމުން ދިޔަ ފަސޭހައާ ލާބައާ ތަރައްޤީއަށް ހުރަސްއަޅަން ބޭނުންވާ ބަޔަކު ރައްޔިތުންގެ ކުރިމައްޗަށް ފާޅުވިކަން މިވީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އަކަށެވެ. ނޫސްވެރިންނާ ކަމުވޮށިވެގެންވާ މީހުންކުރާ މަސައްކަތުން ހާމަވާ ކަންކަމުގެ އަލީގައި ރައްޔިތުން އިލްމުވެރިވުން ވަނީރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއަކަށެވެ. ވެރިކަން ބަދަލުކުރި ފަހުން ކުރިމަތިލި ބައި އިލެކްޝަންގައި ސަރުކާރުން ގަދަަކަމުން ބާކީކޮށް އެއްލާލި މީހުންނަށް ގެއްލުނު ގޮޑި ގެއްލުމުން ވީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ ޔަކަށެވެ. ސަބަބަކީ އަދިވެސް ޤައުމުގައި ދޮންނަމެޝިނަކަށް ތިމާގެ އަމިއްލަ ފިކުރު ވިއްކާލާ މީހުން ތިބިކަން ސާފުވެ އެގުނީތީއެވެ. އަދި މިއަށްފަހު.އިއްޔެ މެންދުރު ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން )ސީ އެމް އޭ ޖީ( ރާއްޖޭގައި 2012 ވަނަ އަހަރު ނިމުމުގެ ކުރީން ރިޔާސީ އިންތިޙާބު ބާއްވަން ގޮވާލާ އަދި ވެރިކަން ވައްޓާލިގޮތް ބެލުމަށް އެކުލަވާލި އިންކުއަރީސް ކޮމިޝަން ހަތަރު ހަފްތާގެ ތެރޭގައި މިނިވަންކޮށް އެކުލަވާލުމަށް ގޮވާލުން ވެގެން ދިޔައީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އަކަށެވެ މިލިބޭ ކާމިޔާބީތަކުގައި ރައްޔިތުން ގެ ގޮވުމުގެ އަޑުއިހުނަށްވުރެ ހަރުކުރަން ފަށައިފިއެވެ.
ޑިމޮކްރަޓިކް އުސޫލުން ދިވެހި ރައްޔިތުން ހޮވި ވެރިކަން ބާރުގެ ބޭނުންކޮށްގެން ގަދަކަމުން ވައްޓާލައިގެން އަނިޔާވެރިކަން އިސްކޮށްގެން ނުޙައްގުން ތިބި ބަޔަކަށް ރައްޔިތުން އިންސާފު ހޯދަން ގޮވާ ގޮވުމަށް ބީރުކަންފަތް ދީ ތިބެ، ބޭރުގެ ކޮމިޝަންތަކުގެ ނިންމުމުގައި ކޮޅުފައިން ޖަހައި ވެރިކަމުގައި ބަގުޑިބައްދާ ކޮންމެ ގޮތެއްވިޔަސް ދޫނުދޭނަމޭ ބުނަން މަޖްބޫރުވެއެވެ.އަގެއްނެތް، އިޙްތިރާމް ގެއްލިފައި ތިބި ބަާޣީންނަށް ދޫދެވެން ނެތުމުން އެއޯތް މިއޯތް އޭ ގޮވަމުން އެބުނަނީ، މަށަކުވާތިޔަކިޔާ އެއްޗެއް އަޑެއްނާހަމެވެ.މިބައިމީހުން މިހެންކިޔަ ކިޔާ ތިއްބާ މާތްކަލާންގެރަޙްމަތްފުޅާ އިރާދަފުޅުން ޤައުމުގައި އަވަސް އިންތިޙާބު ބާއްވަންޖެހި މިބައިމީހުންގެ އަމިއްލަ ފޫކޮޅުގައި އަމިއްލައަށް ސައްޕުޖެހި، އެއްކިބާވެ، ބާކީވެ، ޤައުމާ ދުރުވާންޖެހޭނީއެވެ.
ގެއްލުނު ބަޔަކަށް ގެއްލުނު އެއްޗެއް ގެއްލުނު ގޮތަކަށް ގެއްލުނުކަމުގައި ވިޔަސް،
ހެއްލުނު މީހުން ހެއްލި އެ ހެއްލުން ގެއްލުމުގެ ތެރޭގައި ނިމިދިޔުން ވެދާނީ މާ އަވަސް