އަވަސް އިންތިޚާބަކަށް ގޮވާލައި އެމްޑީޕީން ހުކުރު ދުވަހު މާލެ އާއި ރާއްޖޭގެ ކަންކޮޅުތަކުގައި މުޒާހަރާކުރަނީ

އަވަސް އިންތިޚާބަކަށް ގޮވާލައި ރާއްޖޭގެ ކަންކޮޅުތަކުގައި ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވާ ގޮތަށް އެމްޑީޕީން ނިންމައިފިއެވެ.

މި މުޒާހަރާއަކީ އަވަސް އިންތިޚާބަކަށް ގޮވާލައި ކޮމަންވެލްތުން ގޮވާލިގޮވާލުން ބާޣީ ސަރުކާރަށް އިއްވުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ބާއްވާ މުޒާހަރާއެއް ކަމަށް އެމްޑީޕީން ބުނެއެވެ.

މިފަދަ ބޮޑު މުޒާހަރާއެއް ކުރުމަށް ނިންމާފައިވަނީ އެމްޑީޕީގެ 7 މެންބަރުންގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުންނެވެ. އަދި މި މުޒާހަރާއާ ބެހޭ މައުލޫމާތު މީޑިއާ މެދުވެރިކޮށް ގެނެސްދެމުން ގެންދާނޭ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.