17 ވަނަ ރައްޔިތުންގެ މަޖިލިސް އުފެދިގެން އައި އިރު ޒަމާނުއްސުރެ ވަލިޔުލް އަމުރު ނުވަތަ ރަޢީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާ 7 މެމްބަރުންނެއް ނެތެވެ. މިއީ ދިވެހިން ޑިމޮކްރަސީއަށް ކުރި ދަތުރަށް ހިންހަމަޖެހުން ލިބުނު އެއްކަމެވެ. ނަމަވެސް މެމްބަރުންގެ އަދަދު ތަށްވަނީ އިތުރުވެފައެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނުން އަސާސީގެ ތިންވަނަ ބާބުން ބާރު ލިބި އުފެދިފައިވާ ރައްތުންގެ މަޖިލީހަކީ ދައުލަތުގެ 3 ބާރުގެ ތެރެއިން ޤާނޫން ހެދުމުގެ ބާރެވެ. އެގޮތުން ޤާނޫން އަސާސިގެ 71 ވަނަ މާއްދާގެ ދަށުން އެމާއްދާގައި ދެއްނެވިފައިވާ އުސޫލްތަކާއި ޤާނޫނީ ހަމަތަކުގެ މައްޗަށް ބުރަވެ. ޤާނޫން އަސާސީގެ ޖަދުވަލް 2 ގައިވާ ގޮތަށް ކޮންމެ އިދާރީ ދާއިރާޔަކަށް ވަނީ މެމްބަރަކު އިންތިހާބު ކުރެވިފައެވެ.
މެމްބަރުން އިންތިހާބު ކުރުމުގައި ވާދަވެރިކަމާއި އެކު ކުރިޔަށް ދިޔަ އިންތިހާބުގައި މި ތިން ލައްކަޔެއް ހާ ކުޑަކުޑަ ދިވެހި މުޖުތަމައުގެ ސިޔާސީ އުދަރެހުގައި ހަރައްކާތްތެރިވަމުންދާ 13 އަށްވުރެ ގިނަ ސިޔާސި ޕާޓީ ތަކުން ވާދަކުރިއެވެ. ޤައުމަށް ހެވާއި ލާބައެދި ކަމަށްބުނެ ވެރިކަކުގެ ޖާހާއި ޝައުކަތަށްޓަކައި ފެންބޮވައިގެންފައިވި މި ޕާޓީ ތަކުން އޭރުވެސް ބުނަމުން އައީ ގެއްލުނު ވެރިކަން އަބުރާ އިޔާދަ ކުރުމަށް ބޭނުންވާ ވާހަކައެވެ.
2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ގިނަ ޕާޓި ތަކެއް އެކުވެގެން ޒަމާނުއްސުރެ މި ޤައުމުގައި ބަގުޑި ބައްދައިގެން އުޅުނު ޑިކްޓޭޓަރަކު ބަލި ކޮށްލުމަށް ފަހު ޒަމާނީ ޑިމޮކްރަސީއެއް ގާއިމް ކުރުމަށްޓަކައި އެއްވެސް ޝަރުތެއް ނެތި ބައިވެރިވި ހަސަންސައީދާއި ، އަދި މިހާތަނަށް 3000 މެމްބަރުން ހަމަކުރެވިފައި ނުވާ ޤައުމީ އިއްތިހާދާއި ، ދިވެހިންނަށް ޖާނާއި މާލުން ހަރަދު ކުރިކަމަށް ބުނަމުން އަންނަ ޤާސިމް އިބްރާހިމްގެ އިރުރުން ދީނީ ދަންނަބޭކަލުންގެ ޕާޓި ކަމުގައިވާ އަދާލަތު ޕާޓީ އިން ވެރިކަމުގެ ދަހިވެތި ކަމުގައި ރައްޔިތުންގެ ގޮންޑިޔަކަށް ސަލާން ޖެހިއެވެ. ނަމަވެސް ރައްޔިތުންގެ ނިންމުން ނިންމާނީ ރައްޔިތުންކަމީ 2008 ނޮވެމްބަރ 11 އިން ފެށިގެން ރައްޔިތުނަށް ކަށަވަރު ކަމަކަށްވާތީ ރައްޔިތުންގެ ވޯޓްތަށް ރައްޔިތުން އެދޭގޮތަށް ދިނެވެ. ނަމަވެސް 11 ނޮވެމްބަރް 2008 ގައި އުފެދުނު އެމް.ޑީ.ޕީ ގެ ސަރުކާރުން ކެނޑި ނޭޅި ބުނަމުން ދިޔައީ އެމް.ޑީ.ޕީ ގެ ޤާނޫނީ ހިއްސާގެ ޓީމް ފުރިހަމަ ކޮށްދިނުމަށެވެ. އޭރުވެސް އިދިކޮޅު ޑީ.އާރް.ޕީ ގެ އޭރުގެ ޒަޢީމް ކެންޑި ނޭޅި ކުރައްވަމުން ގެންދެވި މަސައްކަތަކީ ޤާނޫނީ ސަރުކާރު ވައްޓާލުމުގެ މަސައްކަތެވެ. އިިންތިހާބުގައި ބުނަމުން ގެންދެވީވެސް ހަމަ އެބަސްފުޅެވެ. ނަމަވެސް އެމް.ޑި.ޕީ އިން ބުނަމުން ދިޔައީ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމުގެ ވާހަކައެވެ. ބޭސް ފަރުވާޔަށް ސަލާންޖެހުން ނައްތާލުމާއި ، ޑްރަގަށް ހުޅުވި ދޮރުތަށް ބަންދުކުރުމާއި ، ރާއްޖޭގެ ރައްތަށް ދަތުރުފަތުރުން ގުޅާލުމާއި ، އަތްފޮރާ އަގުގައި ބޯހިޔާވަހިކަން ހޯދައި ދިނުމާއި ، ތަކެތީގެ އަގުފޯރާ ފަށަށް ތިރިކުރުމުގެ ވާހަކައެވެ. މިއީ ދިވެހި ތާރީހުގަ ދިވެހި ސަރުކާރަކުން ރައްޔިތުނަށް ހިދުމަތް ކުރުމަށް ރޮއި އާދޭސް ކުރި ފުރަތަމަ ފަހަރު ކަމީ ގިނަ ދިވެހިން ދަންނަ ހަޤީގަތެކެވެ.
މި ކަންކަންއެކިބާކޮށް ރައްޔިތުން އެރައްޔިތުންގެ ނިންމުން ނިންމާލިއެވެ. މެޖޯރެޓީ އޭރު ލިބިގެންދިޔައީ ޑީ.އާރް.ޕީ އަށެވެ. ނަމަވެސް ޒަޢިމްގެ އަމަލު ތަކުގެ ސަބަބުން ޑީ.އާރް.ޕީ ގެ އެތެރޭގައި މަަސައްކަތް ކުރަމުން ގެންދެވި. އެތަކެއް ޒުވާން ލީޑަރުން ތަކެއް ޑީ.އާރް.ޕީ ދޫކޮށްލާ ރައްޔިތުންގެ ހިދުމަތާއި ގުޅުނެވެ. އެމް.ޑީ.ޕީ އިން ހިދުމަތް ކުރަނީ ރައްޔިތުނަށެވެ. އެފަދަ ސިޔާސީ ލީޑަރުން ޤަބޫލް ކުރި ގޮތުގައި ޑީ.އާރް.ޕީ ތެރެޔަކު ޒުވާނުންނަށް ފުރުސަތެއް ނެތެވެ. އެހެން ކަމުން މަދު ދުވަސް ކޮޅަކު ޑީ.އާރް.ޕީ ގެ ލީޑަރ އަޙްމަދު ތަސްމީން އަލީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރު ކަން ކުރެވިއެވެ. ނަމަވެސް ޕާޓީގެ ޒަޢިމް އާދެބަސްވެ. ހިގާދިޔަ ބޮނޑު ހާޖާނަކަށްފަހު ޒަޢީމް ޑީ.އާރް.ޕީ ދޫކޮށް ވަޑައިގެން އާސިޔާސީ ޕާޓީ އެއްވުޖޫދު ކުރުމާއި އެކު މަޖިލީހުގައި ތަސްމީންގެ ގޮނޑި ކޮޅުގެ ހައިބަތު ދަށްވިއެވެ. މެޖޯރެޓީ ލީޑަރ މައިނޯރެޓީ ލީޑަރަށް ބަދަލްވެ. އެމް.ޑި.ޕީ އަކީ މަޖިލީހުގައި އެންމެ މެމްބަރުން ގިނަ ޕާޓީއަށް ވެގެންދިޔައެވެ. ނަމަވެސް މި ސިޔާސީ ހަގީގަތަކީ ރާއްޖޭގެ ދައުލަތް ހިންގުމުގެ 3 ބާރުގެ ތެރެއިން އަދުލު އިންސާފް ގާއިމް ކުރުމުގެ ބާރަށް ހަޖަމު ކުރެވޭ ވަރުގެ ކަމަކަށް ނުވުމުން މުޅި ޖުޑިޝަރީ ހަށިފޮޅާލާފަ ނިކުތްކަމީ ދިވެހިން ދަންނަ ހަޤީގަތެކެވެ. ދައުލަތުގެ މާލިއްޔަތު ކޮޅާލާ 30 އަހަރު ރައްޔިތުންގެ މާލިއްޔަތު ހިތު ހުރި ގޮތަކަށް ތަޅާލި 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރި ވެރިންނާއި ނުހައްގުން ބޮނޑެތި ޕްރޮޖެކްޓްތަށް އަމިއްލަ ކުންފުނި ތަކަށް އެވޯޑް ކުރި މީސް މީހުންގެ އެއްވެސް ކުށެއްނެތް ކަމުގައި ނިންމާ އެހެން ނަމަވެސް ރައްޔިތުންގެ ހިދުމަތުގައި ދެމި ތިއްބެވި އިހްލާސްތެރި މެމްބަރުގެ ގޮނޑިކޮޅުތަށް އެއްވެސް ހައްގަކާ ނުލާ ނާއިންސާފުން ގާނޫނީ ތަރަހައިގެ ބޭރުން ފޭރިގަނެ. މިހާރުވަނީ އިންތިހާބު ތަކެއް ބާއްވާ ޤައިރު ގާނޫނީ ހަމަތަކުން މަޖިލީހަށް ވެރިވެގެންފައެވެ.
ނަމަވެސް އެމް.ޑީ.ޕީ އަކީ އިްނތިހާބު ގަބޫލް ކުރާޕާޓީ އެކެވެ. އަދި ކުރިޔަށް ދެން ފެންނާން އޮތް ސިޔާސީ ހަޤިގަތަކީ އެއީ ދިވެހި ސިޔާސީ ޖައްވު ގުގުމާލައިގެން ދާނޭފަދަ ސިޔާސީ ހަޤިގަތެއް ކަމުގައި ސިޔާސީ މުފައްކިރުން ވިދާޅުވެއެވެ. ކުރިން މަޖިލީހުގެ މެޖޯރެޓީ ލީޑަރު ދާދި އަވަހަށް އެއްވެސް ހައިސިއްޔަތެއް ނެތި މަޖިލީހުގައި އިންނަން ޖެހިދާނެއެވެ. ޑީ.އާރް.ޕީގެ ބަނޑުން އުފަންވި ޕީ.ޕީ.އެމް އަށް މަޖިލިސް ތަމްސީލް ކުރުމުގެ ބާރު ލިބުނީއެވެ. މަޖީހުގެ މައިނީރެޓި ނުވަތަ މެޖޯރެޓީ ލީޑަރަށް ވާދަ ކުރުމުގެ ޖާގަލިބުނީ އެވެ. ނަމަވެސް ގަބޫލް ކުރަންޖެހޭ ހަގީގަތަކީ އެމް.ޑި.ޕީ އަތުލެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ޕީ.ޕީ.އެމް އަށްވެސް ނެތްކަމެވެ. އެއީ އެމް.ޑީ.ޕީ ގެ މަޖިލިސް މެމްބަރުންގެ ގިނަކަމުންނެވެ. މުޅި މަޖިލީހުގެ %42 ޕަސެންޓް އެމް.ޑީ.ޕީ އިން ހިއްސާ ކުރަމުންދާއިރު އެމް.ޑި.ޕީ ގައި އެކަނި 33 މެމްބަރުން އެބަތިއްބެވެ. އަދި އަމިއްލަ 23 މެބަރުން ތިބޭއިރު ޑީ.އާރް.ޕީ ގައި 14 މެމްބަރުން ތިިބެއެވެ. އަބްދުﷲ ޔާމީން ވުޖޫދު ކުރުވި ޕާޓީ ޕީ.އޭ ގައި 2 މެމްބަރުން އެބަތިއްބެވެ. ޤައުމީ ޕާޓީގައި 1 މެމްބަރަކު ހުރި އިރު ޖުމްހޫރީ ޕާޓިގައި 2 މެމަބްރަކު އެބަތިއްބެވެ. އަދި ޕީ.ޕީ.އެމް. އަށް މަޖިލީހުގައި ތަމްސީލް ކުރުމުގެ ބާރު ނުލިބިވީ ނަމަވެސް 4 ނުވަތަ 5 ދުވަހުގެ ތެރޭގައި ޕީ.ޕީ.އެމް އަށް އެބާރު ލިބޭނެއެވެ. އެހާލަތުގައި ޑީ.އާރް.ޕީ އިން ކިތަށް މެމްބަރުން ނާއި އަމިއްލަ ކިތަށް މެމްބަރުން ޕީ.ޕީ.އެމް. އާއި ގުޅޭނެ ބާވައެވެ. ކޮންމެ ގޮތެއްވިޔަސް ލަފާ ކުރެވޭ ގޮތުން ޕީ.ޕީ.އެމް. ގެ ޕާލިމެންޓްރީ ގުރޫޕް ގެ މެމްބަރުންގެ އަދަދު 14 ވުރެ ގިނަވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް 33 މެމަބްރުން ހޯދުމަކީ ޕީ.ޕީ.އެމް އަށް އަދި މާފަސޭހަ ކަމެއް ނޫނެވެ. އެހެން ކަމުން އެމް.ޑީ.ޕީ ގެ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރުގެ މާބޮޑު ނުތަނަވަސް ކަމެއް ނޯންނާނެ އެވެ. ނަމަވެސް ޑި.އާރް.ޕީގެ ލީޑަރ ހިތް ނުތަނަވަސް ވުމަކީ އެކަށިގެންވާ ކަމެވެ. މި ކަމަކީ 2013 ގެ އިންތިހާބަށް ތައްޔާރު ވަމުން އަންނަ އަޙްމަދު ތަސްމީން އަލީގެ ބޮޑު ފެއިލިޔާއެކެވެ. މި ހިތްދަތި އިހްސާސް ތަކައި އެކު ކުރެވުނު ބަޢާބާތުގައި ރައްޔިތުންގެ ވެރިކަން ފޭރި ގަނެވުނީ ތީ އޭގެ ބަދަލް ރައްޔިތުން 2013 ގައި ހިފާނެ ކަންތަސްމީން އަށް ނިކަންރަގަޅަށް އިންގެއެވެ. އަދި ބަޢާވާތުގެ ވެރިކަމުން ބޯދަމައި ގަތުމަށް ތަސްމީން އަށް މިލިބޭ ފުރުސަތުގެ ބޭނުން ތަސްމީން ހިފާނީ ކިހާވަރަކަށްބާވައެވެ. އަބްދުﷲ އަބްދުރަޙީމް ފަދަ މެމްބަރުންގެ އަގުހުރި ނަސޭހަތުގައި މި ދަންޑިވަޅު ތަސްމީން ހަފައިފި ނަމަ 2013 އަށް ތަސްމީން ކުރަމުންދާ ތަތުރަށް އަލި ކަމެއް ލިބިދާނެއެވެ. 23 ޑިސެމްބަރު އިއްތިހާދުގެ ތެރެއިން ތަސްމީންއަށް މާބޮނޑު ކާމިޔާބު ތަކެއް ނުވަރަ ފުރުސަރު ތަކެއް ނުފެނެއެވެ. ނަމަވެސް އެކަނިމާއެކަނި ނިކުމެ އިންތިހާބު ކާމިޔާބު ކުރާނެ ފަންވަރެއް ތަސްމީންގެ ޕާޓީ ގައި އެބަހުރި ބާވައެވެ. ކޮންމެއަކަސް ތަސްމީން އަވަސް ނިންމުމެއް މިފަހަރު ނިންމެވުން މުހިންމެވެ. ޕާޓިގެ ބަސްވިކޭ މީހުންގެ ރައުޔެއް ހޯދާލުން މުހިންމެވެ. މި ދަނޑިވަޅުގައި ނުވިސްނަވައިފި ނަމަ 2013 އާއި މެދު ކުރައްވަމުން އައި އުންމީދުތަކުގައި ބޮޑު ތަޅުލެވި ބާޤީންގެ ޝިކާރަޔަކަށްވެ ހިގައިދާނެއެވެ. 2008 ގައި އުފުލާން ޖެހުނު ދަރަނީގެ އިތުރު 100 އިންސައްތަ ދަރަނި އުފުލަން ޖެހިދާނެއެވެ.