ދޮގާ، މަކަރާ، ހީލަތާ، އިޔަހޫދިކަމުން ފުރިގެންވާ ބައެކެވެ!

ފުނަމާ

ބާޢީންނަށް ބާޣީންނޭ މިކިޔަނީ ވަނަމަކަށް ނޫނެވެ. އެމީހުންނަކީ މަކަރުން ފުރިގެންވާ ބައެކެވެ. ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން ރައްޔިތުން އިންތިޚާބުކުޅަ ވަލީއުލް އަމްރަކު މަކަރުވެރިކަމާ ގަދަބާރުން ވެރިކަމުން ދުރުކޮށް މަގާމުގެ ނުފޫޒުގެ ބާރު ބޭނުންކޮށްގެން މިއަދު އެތިބަގެން ހިންގާ އަނިޔާވެރި ވެރިކަމަކީ ، ފައިސާގެ ދަޅައިގައި ޖެހިގެންތިބި ހީލަތްތެރި ބައެއްގެ މަދަދާއި އެކުގައި ހިންގަމުން ގެންދާ ބޮޑު ޖަރީމާއެކެވެ.

ޒަމާނުއްސުރެ ފައިސާއާއި މަގާމުގެ ނުފޫޒުބޭނުން ކޮށްގެން ރައްޔިތުންގެ ވޯޓު އޮޅުވާލައި ވެރިކަމުގައި ފައިވިއްދި ބަޔަކު މިއަދު އަޑީގައި ތިބެގެން ރާވާ ހިންގާ އިންތިޚާބެއް ސައްޚައޭ ބުނެވޭނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އަދި ގާނޫނީ ވެރިކަމެއް ގަދަބާރުން ފުލުހުން މެދުވެރިކޮށް ފޭރިގަނެގެންތިބި ލުޓޭރުންނަށް ރާއްޖޭގައި އިންތިޚާބުތަކެއް ބާއްވައި ކަންކަން ކަނޑައެޅުމުގެ އޮންނާނީ ކޮން ހައިސިއްޔަތެއް ހެއްޔެވެ؟

2008 ނޮވެމްބަރ 11 އިން ފެށިގެން މިހިނގާ 5 އަހަރު ދުވަހުގެ ދައުރަކަށް ގައިމުވެސް ވެރިޔަކު އިންތިޚާބުކުޅައީ ރައްޔިތުން ނުކުމެ ސައްޚަ ވޯޓަކުންނެވެ. އެވެރިޔަކީ ރައީސް ނަޝީދެވެ. މަލްޓިޕާޓީ ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރު ވެރިކަން ލިބުނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށެވެ. ވޯޓުނެގިއިރު ވެރިކަމުގައި ހުރީ މިއިންތިޚާބަށްވެސް ފޯރުވެންއޮތް ކޮންމެ ނުފޫޒެއް ފޯރުމުމަށް ފިސާރިޔަކަށް ތައްޔާރުވެ ހުރި ކުރީގެ ޚުދުމުޚުތާރު ވެރިޔާ މައުމޫނެވެ. އެއީ އަނިޔާވެރިޔެކެވެ. މިކަމަށް މުޅިދުނިޔެ ހެކިވާނެ ކިތަންމެ ލިޔެކިޔުމަކާއި ހާދިސާތަކެއް ، މިހާރުވެސް އޭރުވެސް ފެންނާން ހުއްޓެވެ. ރައްޔިތުންގެ ބައެއްގެ މައްޗަށް ދުނިޔޭގައި އެންމެ ގިނަ ލާއިންސާނީ ޖަރީމާތައް ހިންގި އެއް ވެރިޔަކީ ދުނިޔޭގެ ތާރީޚުވެސް ހެކިދޭ ފަދައިން މިގައުމުގައި ގަދަބާރުން ވޯޓުއޮޅުވާލައިގެން 30 އަހަރުވަންދެން ވެރިކަމުގައި ހުރި މައުމޫނެވެ. އޭނާގެ ސީދާ ބެލުމުގެ ދަށުން ޖަލުތަކުގައި ކިތަންމެ ބައެއްގެ ފުރާނަ ދުއްވާލި ކަމުގައި މިއަދުވެސް އޭރުވެސް އެދެކެވޭ ވާހަކަތަކަކީ އެކަމުގައި ހަގީގަތެއްނެތި ޔޯލަކޮށްލައިގެން ދަށްކަމުން ގެންދާ ވާހަކަޔަކަށްވުރެ ހަގީގަތްތަކެއް އެކަމުގައި ފެންނާންހުރި ވާހަކަ ތަކެކެވެ. ފުރިހަމަ ހަތިޔާރުގެ ބޭނުންކޮށް ޖަލުގައި ތިބި ބައެއްގެ ފުރާނަ ދުއްވާލިކަން އެއޮތީ އެނގޭށެވެ. ވީނުވީއެއް ނޭނގި އެތަކެއް ގައިދީންނެއް ގެއްލިދިޔަކަން އެއޮތީ އެނގޭށެވެ. ކިތަންމެ ކިތަންމެ ބައެއްގެ މުދަލާއި ގެދޮރާ އާއިލާ ސިޔާސީ ބޭނުމުގައި ހަފުސްކޮށް ކަތިލާލިކަން ދިވެހި ރައްޔިތުންގެ ގިނަބަޔަކު ދަނެއެވެ.

އެވެރިކަމުގެ ދުވަސްވަރު ރައްޔިތުން އަނގަ ބަންދު ކޮށްގެން ތިބެން މަޖުބޫރުކުރުވީ މައުމޫނުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ބިރުވެރި ކަމެއްގެ ތެރޭގައި އެންމެހައި ރައްޔިތުން ޖައްސައި ހަފުސްކޮށްފައި ތިބުމުންނެވެ. އެންމެ ކައިރީގައި ގާތްކޮށްގެން ގެންގުޅު މީހުންވެސް އޭނާގެ ވެރިކަމަށް ޚަލަލެއް ގެނެސްފާނެ ކަމުގައި ހީވާއިރަށް ކަތިލައި ހަންދަމައި ހިއްކަން އެޅިކަން ކިތަންމެ ކިތަންމެ ކަމަކުން ޔަގީންވާން އެބަހުއްޓެވެ. އާއިލާގެ މީހެއް ޅިޔަން، ފަހަރިޔެއް ދުރުހިލޭމީހެއް ދޫކޮށްނުލައި ގަދަފަދަ އަޒާބުން އަޒާބުދެއްކިއެވެ. ފިރުއައުނުގެ ހުކޫމަތު ރާއްޖޭގައި މެދުނުކެނޑި 30 އަހަރު ވަންދެން ފިސާރި ރަނގަޅަށް ހިންގިއެވެ. މިފަދަ އަނިޔާވެރި ކިތަންމެ ވެރިންނެއް ދުނިޔޭގެ ތާރީޚުގައި ލިޔެވިފައިވީނަމަވެސް އެފަދަ މީހުންގެ އަނިޔާވެރިކަމުން ރައްޔިތުން އަމިއްލަޔަށް ސަލާމަތް ވުމަށްފަހު އަލުން އަނބުރައި އެރައްޔިތުންގެ މައްޗަށް އެމީހުންނަށް ބާރުހިންގިފައިވާތީ ފެންނަނީ މަދުހާލަތެއްގައެވެ. ނުވަތަ ނެތޭވެސް ބުނެވިދާނެއެވެ. އެހެން ނަމަވެސް މިއަދު މިރާއްޖެއިން މިފެންނަނީ މުޅީން އެހެން މަންޒަރެކެވެ.

ރައްޔިތުން ގާނޫނީ ގޮތުން އިންތިޚާބުކުޅަ ސަރުކާރެއް، މުނާފިގު ކަމުން ފުރިފައިތިބި ތުނބުޅިލީ ޓެރަރިސްޓުން ތަކެއްގެ ފަތުވާގައި ރައްޔިތުންނާއި ސަރުކާރާ ، ދައުލަތުގެ ދިފާއުގައި ތިބެންޖެހޭ ބަޔަކު ޖައްސައި އެވަރުން ނުވެގެން ކޮލިފުރައިގެން ތިބި މަހުޖަނުން ތަކެއްގެ ފައިސާގެ ނުފޫޒުގެ ބޭނުން ކޮށްގެން އަލުން އަނބުރައި ދިވެހި ރައްޔިތުންގެ މައްޗަށް މިއަދު ވެރިވަމުން ދާތަން މިފެންނަނީ ކިތަންމެ ރަނގަޅަކަށްވެސް މިބުނެވޭ ނުބައިނުލަފާ މުޖުރިމު ކަލޭގެއެވެ. އޭނާގެ ދަރީންތަކާއި ގާތްމީހުންގެ އާރާއި ބާރު އަނެއްކާވެސް ދިވެހި ރައްޔިތުންގެ މައްޗަށް ، ދިވެހި ގައުމުގެ މައްޗަށް އެގެންދަނީ ހިންގަމުންނެވެ. ރައްޔިތުންނާއި ދުނިޔޭގެ ކުރިމަތީގައި މާއަޅުވެތި ކަމުގެ ސިއްކައެއް ޖަހައިގެން ނުކުމެ ތިމަންނާމީ ގާނޫނީ ވެރިޔެކޭ ގޮވަމުން އެގެންދަނީ ހިތުގައި އިޚުލާސްތެރި ކަމެއްގެ ކުލަވެސް އަމުދުންނެތް ބާޣީއެކެވެ. ގާނޫނީ ގޮތުން ރައްޔިތުން އިންތިޚާބުކުރި ވެރިމީހާގެ ފަހަތުގައި ތެދުވެރި ކަމާ، އިޚުލާސްތެރި ކަމާއެކު މިގައުމާއި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ﷲގަންދީ ހުވާކޮށްގެންހުރި މީހެއް ނަމަވެސް މިއަދު އެހެރީ އެކުރި ހުވަޔާ ޚިލާފަށް ރައްޔިތުންގެ ވެރިމީހާ ހިފައި ހައްޔަރުކޮށް ފުރާނަ ދުއްވާލާނެ ކަމުގައި ބިރުދައްކައި ވެރިކަމުން ބޭރުކޮށް ވެރިކަމުގެ ގޮނޑި ވަގަށް ނަގައިގެންނެވެ. ރައްޔިތުންނަށް ޣަދަރުވެރިވެ ޚިޔާނާތުގެ އެންމެމަތީ ފަންތީގައި ޚިޔާނާތްތެރި ވެގެންނެވެ. ޚޮދު އޭނާއަށްވެސް އެތަކެއް އަހުވަދެއްކި އެކަމަކު މިއަދު ސަޖިދަ ޖަހަމުން އެގެންދާ މައުމޫނުގެ ހިޔަނީގެ ދަށުވެ ތާށިވެގެންހުރެ ރައްޔިތުންގެ މަންދޫބުންތައް ނިޔާއާއި އިންސާފުގެ ކުލަވެސް އަމުދުންނެތް ބައެއްގެ އެހީތެރި ކަމުގައި ގޮނޑިތަކުންނާއި މަގާމުތަކުން އުފުރާލައި އެތަންތަން ފުރުވަމުން މިއަދު އެގެންދަނީ ބަޣާވާތްކުރުމުގައި އެހީތެރިވެދިން މީހުން ލައްވައެވެ.
މިއަދު ނުކުޅެނީ ދިވެހީންގެ ކޮން އިހުސާސަކާ ހެއްޔެވެ؟ އަލުން އަނބުރައި ކުރީގެ ބިރުވެރިކަން ދިވެހީންގެ ހިތްތަކަށް ވެއްދުމަށް ޓަކައި މިއަދު އަނެއްކާ މިފެންނަނީ ސިޔާސީ ގޮތުން އެބައިމީހުންނާއި އިދިކޮޅުވާ ކޮންމެ މީހަކު ހިފައި ހައްޔަރުކުރާތަނެވެ. މަގުމަތީގައި އަނިޔާކުރާ ތަނެވެ. ޖިންސުއް ލަތީފުންގެ ލަދުވެތި ގުނަންތަކުގައި ފުލުހުން ނުކުމެ ހިފައިދަމައި ބުރުގާނަގައި އޮރިޔާންކުރާ ތަނެވެ. ފިރިހެނެއް އަންހެނެއް ނުބަަލައި ޖިންސީގޯނާ ކުރުވާތަނެވެ. ބާޣީންނަށް މަދަދު ދީފައިވާނަމަ ކިތަންމެ ބޮޑު މުޖުރިމަކަސް މިނިވަންކޮށް އެމީހުންނާއި ޚިޔާލު ތަފާތު ކޮންމެ މީހަކު ބޮލު އަނދަގޮނޑި ޖަހާތަނެވެ. މުގުރު ތަކުންތަޅައި ރައްޔިތުން ރޯމެންދުވާލު މުގުރަމުން ގެންދާތަނެވެ. ލާއިންސާނީ 30 އަހަރުގެ ވެރިކަމުގައި މީހުން އެކަހެރިކޮށް ސިއްރުން ކުރި އަނިޔާތައް މިއަދު ފާޅުގައި އެންމެންގެ ކުރިމަތީގައި އެގެންދަނީ ކުރުވަމުންނެވެ. އަޑީގައި ހެވިފައި އެހެރީ 30އަހަރު ރައްޔިތުންގެ ލޭބޮއިގެން އެކަމަކު މުރުތައްދު ވާވަރަށް ދޮގުތައް ހަދައި އޮޅުވާލި ނުބައިނުލަފާ ޣާއިން މައުމޫނެވެ. ޖައްވާ ފަޒާޔަކީ ހަތިޔާރެއް ނެތް ނިކަމެތި ރައްޔިތުންގެ މެޔާއި ބޯކަމުގައި ވިސްނާދީފައި ބަޑިޖަހައި މީހުންމެރި ނުލަފާ ގާތިލެވެ. ބާޣީވަހީދު އެހެރީ ހެއްދެވި ފަރާތް ހަނދުމަނެތި އެކަލޭގެޔަށް އަޅުވެތިވެ ވެރިކަމުގެ ގޮނޑީގެ ދަހިވެތި ކަމުގައި ދުނިޔެ ރަންވެފައެވެ. މިގައުމުގައި ތިމަންނާމެންނީ އިސްލާމް ދީނުގެ އިލްމުވެރީންނޭ ކިޔައިގެން އުޅޭ މުނާފިގު ސުންޕާ ޓެރަރިސްޓުން ތަކެއް އެމީހުންގެހައްދުފަހަނަ އަޅާފައިވާ ހިތްތަކުގެ ފާހިޝް ދަހިވެތިކަމުގައި މަދުފައިސާ ކޮޅަކަށް ދީންވިއްކާލައި ނުކުމެ މަސްތުވާ އެއްޗެތީގެ ވިޔަފާރި ފާޅުގައި ކުރަމުން ގެންދާ ގިނަ މަހުޖަނުންތަކަކާއި ގުޅިގެން މިގައުމުގެ ރައްޔިތުން އެގެންދަނީ ތަޅާ ރޯނާގަންނަވަމުންނެވެ. ކުދި ޅަދަރިން ޔަތީމުކުރަމުންނެވެ. އާއިލާތައް ރޫޅާލުމަށް ރޭވުންތައް ރާވަމުންނެވެ.

އެބުނާ އިލްމުވެރީން އިއްޔެ ހަރާމް ކަމުގައި ބުނަމުން ގެންދިޔަ ކޮންމެ ކަމެއް މިއަދު އެފެންނަނީ ހަލާލުކުރަމުން ގެންދާތަނެވެ. ހުކުރު ޚުތުބާ ތަކަށްދާންދެން އެމީހުންގެ މުނާފިގު ބަސްތަކުން ފުރާއަވަދިކޮށް ސިޔާސީ ކޮށްފިއެވެ. އާޚިރަތުގެ ހެވާއި ދަރުމަ ދުނިޔެވީ އަރާމާއި ޖާހަތާ މުދާކޮޅެއްގެ ކުރިމަތީގައި އެއުރެން އެތިބީ ވިއްކާލައިގެންނެވެ. ބާޣީންނަށް މަދަދުވެރިވުމީ އިސްލާމްދީނުގެ ރުކުނެއް ކަމުގައި އަމިއްލަޔަށް ހުކުމް ނެރެގެންނެވެ. އަވަށްޓެރިންގެ ބިދޭސީ އަނބީންގެ އިއްފަތްތެރިކަން އަމިއްލަ ބަފަޔާއެކުގައި ނަގާލުމީ ހުއްދަކަމެއް ކަމުގައި ބުނެދީގެންނެވެ. ނިކަމެތީންގެ ގައިމޮޑޭ ތަންތަނަކީ ނާސިގެ ކަމުގައި މާނަކޮށް މަހުޖަނުންގެ މަސާޖު ޕާލާ ތަކަކީ ސުވަރުގޭގެ ގަނޑުވަރުތަކުގެ އެއްބައި ކަމުގައި ޔަގީންކޮށްދީގެންނެވެ.
ވެރިކަން ފޭރިގަތުމަށް ކުޅުނު ހުރިހައި ތަމްސީލު ތަކަކުންވެސް ބަޣާވާތެއްކަން ސާބިތުވާ މިންވަރަށް ހެކިތައް ފެންނާން ހުރުމުން ދުނިޔޭގެ އެތަންމިތަނުން އަވަސް އިންތިޚާބަކަށް ގޮވާނަގާން ފެށުމުން މިބާޣީން އެބުނަނީ މިގައުމު މިއޮތީ އެފަދަ ހާލަތެއްގައި ނޫންކަމުގައެވެ. އެކަމަކު ރިޝްވަތު ދިނުމަށް ފައިސާ މަދެއް ނޫނެވެ. ބަޣާވާތް ގެނައުމަށް އެހީތެރިވި ޒުވާނުން ފުލުހުންގެ ޔުނީފޯމު އަޅުވައި މުސާރަދޭން ލާރި މަދެއް ނޫނެވެ. ފުނިފުންޏަށް އިނާުޔަތްތައް ދިނުމަށް ދަތިކަމެއް ނެތެވެ. ދަތިވެގެން އުޅެނީ ބޯހިޔާކުރަން އަޅަންފެށި ފުލެޓުތައް އަޅާނެ ފައިސާއާޢި ހިލޭ ބޭސްފަރުވާ ކުރުމަށް ރައްޔިތުންނަށް ހޭދަކުރާނެ ފައިސާއެވެ. ބަނދަރާއި ނަރުދަމާ އަޅާނެ ފައިސާއެވެ. ފަޔަށް ހިނިއަރައިގެން ބާޣީން އެއްރަށުން އަނެއްރަށަށް ދައުލަތުގެ ފައިސާގައި ދަތުރުކޮށް އިންތިޚާބު ބާއްވައި ގޮނޑިތައް ދަމައި ގަންނައިރު ލޭއޮހޮރުވުމެއް ނުހިނގިއެއް ކަމަކު ދުނިޔޭގެ ކުރިމަތީގައި އެބުނަނީ ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބާއްވަން އެކަށީގެންވާ ވެއްޓެއް ނެތްކަމުގައެވެ. އެހެންކަމުން ހަމަ ތެދުބަހުން ބުނާން މިޖެހެނީ މިއަދު މިގައުމުގެ ވެރިކަން ފޭރިގަނެގެން މިތިބަ ބާޣީންނަކީ ދޮގާ، މަކަރާ، ހީލަތާ، އިޔަހޫދިކަމުން ފުރިގެންވާ ބައެކެވެ. އެމީހުންނަށް ބާޣީންނޭ އަހަރެމެން މިކިޔަނީ ކޮންމެހެން ވަނަމަކަށް ނޫނެވެ.