ކުއްލި ޚަބަރު: ކެބިނެޓް އެކީ އިސްތިޢުފާ ދީފި

29 ޖޫން 2010

isthiufa-14591

ކެބިނެޓްގައި ހިމެނޭ ހުރިހާ ވަޒީރުން މިއަދު އިސްތިޢުފާ ދީފިއެވެ.
މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސް އެއްގައި ރައީސް ވިދާޅުވީ ކެބިނެޓްގެ ހުރިހާ ވަޒީރުން އިސްތިޢުފާދެއްވީ ރައްޔިތުންގެ މަޖިލީހުން އެބޭފުޅުންނަށް އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ހޯމް މިނިސްޓަރ ފިޔަވައި އެހެން ހުރިހާ ވަޒީރުންގެ އިސްތިޢުފާގެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.
ހޯމް މިނިސްޓަރ ރާއްޖެއިން ބޭރުގައި އުޅުއްވާތީ އެބޭފުޅާ އިސްތިޢުފާ ހުސަހަޅުއްވާފައިވަނީ އީމެއިލްގެ ޒަރީއާއިންނެވެ.