މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވާލައްވައިފިކޮމްޕެނީ

28 ޖޫން 2010

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އިއްޔެ އަލުން އެކުލަވާލައްވައިފިއެވެ. މި ބޯޑުގެ ޗެއަރމަންގެ މަގާމަށް ހަމަޖެއްސެވީ، މައްޗަންގޮޅީ ބަންދުގޭ އިބްރާހީމް ސަލީމެވެ.
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހ.ނޫމުތީ މުޙަންމަދު އިބްރާހީމާއި، ޗީފް އޮޕަރޭޓިންގ އޮފިސަރ ގ. ނޯވާ މޫސާ ޞާލިޙު ވެސް ހިމެނިވަޑައިގަންނަވައެވެ.
މި ބޯޑަށް ހަމަޖެއްސެވި އެހެން ބޭފުޅުންނަކީ، ގ. މެޑޯ ޝާޒް ވަލީދާއި، މއ. ބްލޫ ގްރާސް އަޙްމަދު މުރާދާއި، މއ.ފެހިއަލި މުޙަންމަދު ވަޙީދާއި އަދި ގ.ތަލްވާރުގޭ އާދަމް ރަޝީދު އަޙްމަދެވެ.