އަވަސް ޚަބަރު: މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

28 ޖޫން 2010

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކޮށް ހިންގުމަށް އިންޑިއާގެ ޖީއެމްއާރް އާ އެކު މީގެ ކުޑައިރުކޮޅެއް ކުރިން ސޮއިކޮށްފިއެވެ.
މިއެއަރޕޯޓް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އަލީ ހާޝިމްއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެއަރޕޯޓްސް ކޮމްޕެނީގެ ބޯޑުގެ އާ ޗެއަރމަން ބަންދު އަޙުމަދު ސަލީމް އެވެ.