ހޮނިހިރު ދުވަހު 4 ބައި އިލެކްޝަނެއް ..

14 އެޕްރީލް 2012 ވާ ހޮނިހިރު ދުވަހު 4 ބައި އިލެކްޝަނެއް އޮންނާނެއެވެ.

އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނާއި، ކާށިދޫ ދާއިރާގެ ބައި އިލެކްޝަނާއި، ހދ.ކުމުންދޫ ކައުންސިލްގެ ބައި އިލެކްޝަނާއި، ތ.ގާދިއްފުށީ ކައުންސިލްގެ ބައި އިލެކްޝަން މާދަމާ އޮންނާނެއެވެ.

މި ބައި އިލެކްޝަންތަކުގެ ވޯޓުލުން މާލެއާއި އެ ރަށްރަށުގައި މާދަމާ ހެނދުނު 8 ން ފެށިގެން ހަވީރު 4 އަށް ކުރިޔަށްދާނެއެވެ.

ހދ.ކުމުންދޫ ސްކޫލުގައާއި، ކ.ކާށިދޫގައި ހުންނަ ކ.އަތޮޅު މަދަރުސާގެ ހޯލުގެ އުތުރުކޮޅުގައާއި، ކ.ގާފަރު މަދަރުސާގަ އާއި، ތ.ގުރައިދޫ ޕްރީސްކޫލްގަ އާއި، ތ.ގުރައިދޫގައި ހުންނަ ތ.އަތޮޅު މަދަރުސާގަ އާއި، ތ.ގާދިއްފުށީ މަދަރުސާގަ އާއި، ތ.ތިމަރަފުށީގައި ހުންނަ ތ.އަތޮޅު ތަޢުލީމީ މަރުކަޒުގަ އާއި، ތ.ތިމަރަފުށީ ޒުވާނުންގެ މަރުކަޒުގަ އާއި، މާލޭ އަމީނިއްޔާ ސްކޫލުގަ އާއި، އިސްކަންދަރު ސްކޫލުގައި ވޯޓު ފޮށި ބަހައްޓާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.

މި ބައި-އިލެކްޝަނަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ތަރުތީބުކުރުމުގެ ގުރުއަތު ނަގައި، ނަންތައް ތަރުތީބު ކުރެވިފައިވާ ގޮތް ތިރީގައި މިވަނީ އެވެ.

ތިމަރަފުށި ދާއިރާ
ކެންޑިޑޭޓް ނަންބަރ 1- މުޙައްމަދު މުޞްޠަފާ މ. ސީވޯލް/ މާލެ (އެމް.ޑީ.ޕީ)
ކެންޑިޑޭޓް ނަންބަރ 2- އަޙްމަދު ޝަރީފް މާލޭގެ/ ތ.ތިމަރަފުށި (ޕީ.ޕީ.އެމް)
ކެންޑިޑޭޓް ނަންބަރ 3- ޢަބްދުއްރަޝީދު ޢަބްދުﷲ ދަފްތަރު ނަންބަރު 1397/ މާލެ (އަމިއްލަގޮތުން)

ކާށިދޫ ދާއިރާ
ކެންޑިޑޭޓް ނަންބަރ 1- ޢަބްދުﷲ ޖާބިރު ހ.ތިމާވެށި/ މާލެ (ޖުމްހޫރީ ޕާޓީ)
ކެންޑިޑޭޓް ނަންބަރ 2- މުޙައްމަދު ޢަފީފް ހުޅަގުގެ/ ކ.ކާށިދޫ (އަމިއްލަގޮތުން)
ކެންޑިޑޭޓް ނަންބަރ 3- މުޙައްމަދު ވަހީދު އިބްރާހީމް މއ.އައިވަރީހައުސް/ މާލެ (ޕީ.ޕީ.އެމް)
ކެންޑިޑޭޓް ނަންބަރ 4- އަޙްމަދު ޙަލީމް ގ.ހިލަމަން/ މާލެ (އެމް.ޑީ.ޕީ)

ކުމުންދޫ ކައުންސިލް
ކެންޑިޑޭޓް ނަންބަރ 1- ޢަބްދުލްޙަކީމް ޢަބްދުލްކަރީމް ނޫރާނީމާގެ/ ހދ.ކުމުންދޫ (ޑީ.އާރް.ޕީ)
ކެންޑިޑޭޓް ނަންބަރ 2- ޢާއިޝަތު ޙަސަން ނޫވިލާގެ/ ހދ.ކުމުންދޫ (އެމް.ޑީ.ޕީ)
ކެންޑިޑޭޓް ނަންބަރ 3- މުޙައްމަދު ޝާފީ ރީޙުއްޞަބާ/ ހދ.ކުމުންދޫ (ޕީ.ޕީ.އެމް)

ގާދިއްފުށި ކައުންސިލް
ކެންޑިޑޭޓް ނަންބަރ 1- ޙުސައިން ޟިޔާއު ސަންލައިޓް/ ތ.ގާދިއްފުށި (ޕީ.ޕީ.އެމް)
ކެންޑިޑޭޓް ނަންބަރ 2- މުޙައްމަދު އިރުޝާދު ހަވީރީއައްސޭރި/ ތ.ގާދިއްފުށި (އެމް.ޑީ.ޕީ)