އެމްޑީޕީގެ އިންސާފުގެ މައިދާނުގެ ގޮތުގައި މިހާރު ބޭނުންކުރަމުންދާ އުސްފަސްގަނޑު މި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ބާޣީ ސަރުކާރުގެ ހައުސިންގ މިނިސްޓްރީއާ ހަވާލުކުރުމަށް ބާޣީ ސަރުކާރުން އަންގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން 3 މަސް ދުވަހުގެ މުއްދަތަށް އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް އެ ޕާޓީއަށް ދީފައިވާ އުސްފަސްގަނޑު ބުރާސްފަތި ދުވަހުގެ ކުރިން ހައުސިންގ މިނިސްޓްރީ އާ ހަވާލުކުރުމަށް އެދި ބާޣީ ސަރުކާރުގެ ހައުސިންގ މިނިސްޓްރީން ސިޓީ ފޮނުވާފައިވާކަން މާލެ ސިޓީ ކައުންސިލުން ވަނީ ކަށަވަރުކޮށްދީފައެވެ.
އެހެން ނަމަވެސް އެ ބިން ހައުސިންގ މިނިސްޓްރީ އާއި ހަވާލުކުރާ ގޮތަށް އަދި ނިންމާފައިނުވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.