ރާޅުގަނޑު މައްސަލަ އެމްޑީޕީން އަލުން މިއަދު ކޯޓަށް ވައްދައިފި

ރާޅުގަނޑުގައި އެމްޑީޕީން ގާއިމްކޮށްފައިވާ “އިންސާފުގެ މައިދާނަށް” ފުލުހުންނާއި ސިފައިން އަރައިގަނެ އެ މައިދާން ތަޅައި ސުންނާފަތިކުރި މައްސަލަ އިއްޔެ މަދަނީ ކޯޓުން ބޭރުކުރުމާ ގުޅިގެން މިއަދު އަލުން އެ ޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީ ސޮއިކުރައްވައި އެ މައްސަލަ ކޯޓަށް ވައްދައިފިއެވެ.

އެމްޑީޕީގެ ފަރާތުން މީގެ ކުރިން ހުށަހަޅާފައިވާ ދައުވާ ފޯމުގައި ސޮއިކުރައްވާފައިވާ ފަރާތަކީ އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކަކީ އެމްޑީޕީގެ ނަމުގައި ދައުވާ ކުރުމުގެ ބާރު ލިބިގެންވާ ފަރާތެއް ނޫންކަމަށް ކަނޑައަޅައި މައްސަލަ ކުރިއަށްނުގެންދެވޭނެކަމަށް ސިވިލް ކޯޓުން އިއްޔެ ވަނީ ނިންމާފައެވެ.