ރާއްޖޭގެ އިންތިޚާބީ ރައީސް މުޙައްމަދު ނަޝީދު ތިލަދުންމަތީ ދެކުނުބުރީ ކުމުންދުއަށް ފުރާވަޑައިގެންފި

ރާއްޖޭގެ އިންތިހާބީ ރައީސުލްޖުމްޙޫރިއްޔާ މުޙައްމަދު ނަޝީދު ތިލަދުންމަތީ ދެކުނުބުރީ ކުމުންދުއަށް ވަޑައިގެންފިއެވެ. އެމަނުފާނުގެ މިދަތުރުފުޅަކީ ކުމުންދޫ ކައުންސިލުން ހުސްވެފައިވާ ގޮޑިއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓަށް ރައްޔިތުންގެ ތާއީދު ހޯއްދަވައި ދެވުމަށްޓަކާ ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ނަޝިދުގެ މިދަތުރުފުޅުގައި އެމަނީކުފާނުގެ ކެބިނެޓްގެ ބައެއްވަޒީރުންނާއި، ޕާޓީގެ އިސްއޮފިޝަލުން ބައިވެރިވެ ވަޑައިގެފައިވެއެވެ. މިއަދު ކުމުންދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ އެމް.ޑީ.ޕީގެ ފަރާތުން ދޮރުންދޮރަށް ހިނގުމުގެ ޕްރޮގްރާމެ ހިންގުނެވެ. ރައީސް ނަޝިދުގެ މިދަތުރުފުޅާއި ގުޅިގެން ކުމުންދޫގައި މިހާރު އަވަސް އިންތިޚާބަކަށް ގޮވާލާ ލޮރީބުރެއް ކުރިއަށް ދިޔައެވެ. މިލޮރީބުރު ނިމުމާއެކު މިއަދުހަވީރު 4:30ގައިވެސް ވަރަށްޚާއްޞަ ހިގާލުމެ ފެށިގެންދާނެކަމަށާ މިހިނގާލުމުގައި ރައީސްނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި މިރޭ 8:30 ގައި ކުމުންދޫގައި ޖަލްސާއެއްވެސް އޮންނާނެއެވެ.