އެމްޑީޕީގެ އިސް ވަފްދެއް އިންޑިޔާއަށް ފުރާވަޑައިގެންފި

ފަހަލަ ސަޢިދު

ރާއްޖޭގެ އިންތިޚާބީ ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރ އިބްރާހިމް ހުސައިޒަކީއާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހް އިންޑިޔާ އަށް ފުރާވަޑައިގެންފިއެވެ. މިދެބޭފުޅުންގެ މިދަތުރުފުޅަކީ، ރާއްޖޭގެ ސިޔާސީ ޙާލަތާއިބެހޭގޮތުން އިންޑިޔާ ސަރުކާރާއެކު މުހިއްމު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމެވެ. މި މަޝްވަރާތަކުގެ ތެރޭގައި ރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވުމާބެހޭ ގޮތުންނާއި، 07 ފެބުރުއަރީ 2012 ގައި ރާއްޖޭގެ ގާނޫނީވެރިކަން ބަދަލުވިގޮތާއި ބެހޭގޮތުންނާއި، ރާއްޖޭގެ ގާނޫހަދާ މަޖިލީހުގެ މަސައްކަތްތަށް ކުރިއަށްދާގޮތާއި، ރާއްޖޭގެ ސިފައިންނާ ފުލުހުން ގެތެރޭގައި ހިނގަމުންދާ މައްސަލަތަކާއި،އަވަސް އިންތިޚާބަކަށް އެދި އެމްޑިޕީއިން ހިންގާ ޙަރަކާތްތަކާއި، މިޙަރާތްތަކާ ގުޅިގެން ފުލުހުން ޢަމަލު ކުރަމުން ދާގޮތުގެ މައުލޫމާތު އިންޑިޔާ ސަރުކާރާ ހިއްސާކުރެވޭނެއެވެ.