މި ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބް 2 ޖޫން 2012 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފީމެވެ.
ވީމާ މިމަޤާމްތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަޤާމަކަށް ކުރިމަތި ލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމްއާއި އެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތަކާއެކު މިޕާޓީގެ ސެކްރެޓޭރިއަޓް އަށް 12 އޭޕްރިލް 2012 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާާޓީގެ ސެކްރެޓޭރިއަޓް އިންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މި އިންތިޚާބް ތަކުގައި ވޯޓް ލެވޭނީ ޕާޓީގެ އަސާސީ ޤަވާއިދުގެ 95 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުން 12 އޭޕްރިލް 2012 ވަނަ ދުވަހާ ހަމައަށް މިޕާޓީގައި ރަޖިސްޓަރީވެ މެންބަރުންގެ ގޮތުގައި ދެމިތިއްބަވާ ބޭފުޅުންނެވެ.
1. ޤައުމީ ޗެއަރޕާސަން
2. ޗެއަރޕާސަން ގެ ނާއިބު (އިދާރީ)
3. ނ. ވެލިދޫ ދާއިރާގެ ރައީސް
4. ލ. ފޮނަދޫ ދާއިރާގެ ރައީސް
5. ގއ. ވިލިގިނލި ދާއިރާގެ ރައީސް
6. ހދ. ނޮޅިވަރަމް ދާއިރާގެ ނާއިބު ރައީސް
7. މައްޗަންގޮޅި އުތުރު ދާއިރާގެ ނާއިބު ރައީސް
މިހެންވެ މިވާހަކަ އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
ތާރީޚް: 5 އޭޕްރިލް 2012
އެމްޑީޕީ އިންތިޚާބު 2012ގެ ޤަވާއިދު
ޗެއާޕާސަންގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު
ޗެއާޕާސަންގެ ނައިބު (އިދާރީ) އަދި ދާއިރާތަކުގެ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު