އައިޕީޔޫ ގެ އަންހެން ޕާރލިމަންޓަރީ މެމްބަރުންގެ ކޮމިޓީއަށް އީވާ ހޮވިވަޑައިގެންފި

އިނޓަރ ޕާރލިމަންޓަރީ ޔޫނިޔަން (އައި. ޕީ. ޔޫ) ގެ އަންހެން ޕާރލިމަންޓަރީ މެމްބަރުންގެ ކޮމިޓީގެ މެމްބަރަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް، ގަލޮޅު އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރ އީވާ ޢަބްދުﷲ ވާދަ ކުރައްވައި ހޮވިވަޑައިންފި އެވެ..

ޢީވާ އަބްދުﷲ މިމަގާމަށް ހޮވިވަޑައިންނެވީ އައި.ޕީ.ޔޫގެ އޭޝިއާ ޕެސިފިކް ގްރޫޕުގައި ހިމެނޭ ހުރިހާ ގައުމުތަކެއް އިއްތިފާގުން ތާއީދު ކުރެއްވި ކެންޑިޑޭޓް ގޮތުގައި ވާދަ ކުރައްވައި ގެންނެވެ.

އަންހެން ޕާރލިމަންޓަރީ މެމްބަރުންގެ ކޮމިޓީ އަކީ ބައިނަލް އަގްވާމީ ޕާލިމަންޓް ތަކުގެ ޖަމިއްޔާ ( އައި.ޕީ.ޔޫ) ގައި ހިމެނޭ 159 ގައުމުތަކުގެ ހުރިހާ އަންހެން ޕާލިމަންޓަރީ މެމްބަރުން ތަމްސީލް ކުރާ ކޮމިޓީއެވެ.
މި އިންތިޙާބުން އީވާ އަބްދުﷲ ވެވަޑައިންނެވީމި 123 އަހަރުވީ ޖަމިއްޔާގެ މަގާމަކަށް އިންތިޙާބްވި ފުރަތަމަ ދިވެހި މެމްބަރަށެވެ.

އިންތިޙާބަށްފަހު ކޮމިޓީއާއި މުޙާތައްބް ކުރައްވާ ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށްވެސް އެކަމަނާ ހޮވިވަޑައިންނެވީ ޑިމޮކްރަސީ ހަރުދަނާކޮށް އިންސާނީ ހައްގުތަށް ހިމާޔަށްކުރެއްވުގެ މެންޑޭޓެއްގެ ކަމަށާއި، މި ކޮމިޓިގައިވެސް އިންސާނީ ހައްގުތަކާއި ޙާއްސަކޮން އަންހެނުންގެ ހައްގުތަށް ހިމާޔަތް ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

އައި.ޕީ.ޔޫ އަކީ ދުނިޔޭގައި އުފެދުނު ފުރަތަމަ ބައިނަލް އަގްވާމީ ޖަމިއްޔާއެވެ.އެ ޖަމިއްޔާއަކީ ދުނޔޭގެ ހުރިހަ ޕާލިމަންޓްތަކުމެދުގައި ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އިންސާނީ ހައްގުތަށް ހިމާޔަތް ކުރުމުގައި މަޝްވަރާގެ އެއްމެ އިސް ޖަމިއްޔާއެވެ.

މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލސް ހުޅުވުމުގައި ދިމާވި މައްސަލަތަކާއި ފެބްރުއަރީ 7 އަދި 8 ގައި އެމް.ޑީ.ޕީ ގެ ޕާލިމަންޓަރީ ގްރޫޕުރގް މެމްބަރުންނަ ސަލާމަތީ ބާރުތަކުގެ ފަރާތުން ލިބުނު ލާއިންސާނި އަމްލަތަކާއި ގުޅިގެން އެ މައްސަލަތައް ބެލުމާއި ހައްލު ހޯދުމަށް އައި.ޕީ.ޔޫ ގެ ވަފްދެއް ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.
މީގެ ކުރީގައިވެސް ރައީސް ނަޝީދު މަޖިލީހުގެ މާލެ ތަމްސީލް ކުރައްވާ މެމްބަރެއްގެ ގޮތުގައި ހުންނަވަނިކޮށް އެމަނިކްފާނުގެ ގޮނޑި ގެއްލުވާލައި ހައްޔަރު ކުރި މައްސަލާގައިވެސް އައި.ޕީ. ޔޫ އިން ވަނީ އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކޮށްފައެވެ.

މާރޗް 31-އިން އޭޕްރިލް 5 އަށް ޔުގަންޑާގެ ވެރިރަށް ކަމްޕާލާ ގައި ކުރިޔަށްދާ 126 ވަނަ އިންޓަރ ޕާރލިމަންޓަރީ ޔޫނިޔަން (އައި. ޕީ. ޔޫ) ގެ އަހަރީ ޖެނެރަލް އެސެމްބްލީގެ މުހިންމު އެއްބައިގެ ގޮތުގައި އެޖެންޑާ ކުރެވިފައިވަނީ އަންހެން ޕާރލިމަންޓަރީ މެމްބަރުންގެ ކޮމިޓީގެ މަގާމްތަކަށް މެމްބަރުން ހޮވުން ކަން ފާހަގަކޮށްލެވެއެވެ.