އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބުގެ ނަތީޖާ

ރައީސް – އިބްރާހީމް މުޙައްމަދު ޞާލިޙް 24 ވޯޓު
ނާއިބު ރައީސް – ޢަލީ ވަހީދު 23 ވޯޓު
މުޙައްމަދު އަސްލަމް 18 ވޯޓު
މުޙަންމަދު ނަޝީދު 7 ވޯޓު

ސެކްރެޓަރީ ޖެނެރަލް- ޙާމިދު ޢަބްދުލް ޤަފޫރު 22 ވޯޓު
ސެކްރެޓަރީ ޖެނެރަލްގެ ނައިބު – މުޙައްމަދު ޤަސަމް 23 ވޯޓު

ވިޕުން – އީވާ ޢަބްދުﷲ 24 ވޯޓު
މުޙައްމަދު ޝިފާޒް 23 ވޯޓު
އިލްޔާސް ލަބީބް 23 ވޯޓު

މި އިންތިޚާބުގައި ވޯޓުލީ 24 މެންބަރުންނެވެ. ވަޑައިނުގަންނަވާ މެންބަރުންނަކީ ރާއްޖެއިން ބޭރުގައި މި ވަގުތު ތިއްބެވި އީވާ، އިންތި، އިލްޔާސް ލަބީބް އަދި އަސްލަމްގެ އިތުރުން ޝިފާގް މުފީދު.

އިންތިޚާބު ކާމިޔާބު ކުރެއްވި ފަރާތްތަކަށް އެ ގްރޫޕްގެ ރައީސް ތަހުނިޔާ ވިދާޅުވި އަދި ލީޑަރޝިޕާއި، މެންބަރުންނާއި އެކު ރޭވުންތައް ބަދަލުކޮށްގެން މަޖިލީހުގައި މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވި

އަލީ ވަޙީދު ވިދާޅުވީ މި ދަނޑިވަޅުގައި ޕާޓީގެ މިފަދަ މަގާމަކަށް ކުރިމަތިލެއްވީ ޕާޓީއަށް ޚިދުމަތް ކުރުމަށް މިއަށްވުރެ އެކަށީގެންވާ ދަނޑިވަޅެއް ނެތް ކަމަށް ފެނިވަޑައިގެން ކަމަށް ވިދާޅުވި.އަދި މި މަގާމުގައި ހުރެގެން “ބަޣާވާތެއް” ނުގެންނަވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އަލީ ވަހީދު ދެއްވި