އަވަސް އިންތިޚާބަކަށް ގޮވާލައި އައްޑޫ ސިޓީގައި އެމްޑީޕީން ވެހިކަލް ބުރެއް ބާއްވައިފި

އަވަސް އިންތިޚާބަކަށް ގޮވާލައި އައްޑޫ ސިޓީގައި މިއަދު ވެހިކަލް ބުރެއް ބާއްވައިފިއެވެ.

އައްޑޫ ސިޓީގެ އެމްޑީޕީ ފޭދޫ ދާއިރާއިން އިންތިޒާމްކޮށްގެން މިއަދު ބޭއްވި މި ވެހިކަލްބުރު ފަށާފައިވަނީ މިއަދު ހަވީރު 4 ޖެހި އިރު ފޭދޫ އެމްޑީޕީ ހަރުގެއިން ނެވެ. އަދި ވެހިކަލް ބުރު މަޣްރިބު ނަމާދު ބަންގިއަށް ނިންމާލާފައިވަނީ ހިތަދޫ އެމްޑީޕީ ހަރުގެ ސަރަހައްދަށެވެ.

އެތައް ހާސް ބަޔަކު ބައިވެރިވި މި ވެހިކަލް ބުރުގައި ބައިވެރިވި ފަރާތްތަކުން މި ސަރުކާރަކީ ބާޣީ ސަރުކާރެއް ކަމަށް ގޮވާލައި، ފުލުހުން ކުރާ އަނިޔާތަކާއި، އަދި އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި ބާޣީ ސަރުކާރާ ދެކޮޅަށް ޝުޢޫރުފާޅުކޮށްފައިވެއެވެ.