ވަހީދުގެ ގަޑުބަޑުވެފައިވާ ރިޔާސީ ބަޔާން

ލިޔުއްވީ: އަޙުމަދު ސަމީރު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު

ރައްޔިތުންގެ މަޖިލީހަށް މާޗް މަހުގެ 19 ވަނަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވި ރިޔާސީ ބަޔާނާއި ރައީސުލްޖުމްހޫރިއްޔާގެ އަޮފީހުގެ ވެބްސައިޓްގައިވާ ރިޔާސީ ބަޔާނާއި ވަރަށް ބޮޑެތި ތަފާތުތައް ހުރިކަމުން ދޭހަވަނީ އޮޅުވާލުމާއި މަކަރުވެރި ރޭވުމަކުން ކަމުގެ ހަޤީގަތް ފޮރުވުމަށްޓަކައި ކުރައްވާފައިވާ ކަމެއްްގެ ގޮތުގައެވެ

ރިޔާސީ ބަޔާނުގައި ސަރުކާރުން ވަރަށް މުހިންމު ބިލްތަކެއް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމުގައި ވިދާޅުވިއިރު އެވާހަކައަކީ ކަނަޑައެޅިގެން ހެދި ބޮޑު ބުހުތާނު ދޮގެއްކަން އެގެނީ މަޖިލިސް 2012 ވަނަ އަހަރަށް ހުޅުވުމާ ހަމައަށް ވެސް އެއްވެސް ބިލެއް ހުށަހަޅުއްވާފައި ނުވާކަމެވެ އަދި މަޖިލީހުގެ ޤަވާއިދުގެ 71 ވަނަ މާއްދާގެ ” (ހ) ގައި ބަޔާންކުރަނީ ސަރުކާރުން ހުށަހަޅާ ބިލް މަޖިލީހަށް ހުށަހަޅާނީ ސަރުކާރު ނިސްބަތްވާ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ނުވަތަ އޭނާ ކަނޑަައަޅާ މެންބަރެވެ” އެހެންކަމުން މަޖިލީހުގެ ޤަވާއިދު އިސްލާހުނުކޮށް ސަރުކާރުން މަޖިލީހަށް ބިލް ހުށަނޭޅޭނެކަމީ ފެންނަންއޮތް ހަޤީގަތެވެ

ވަހީދު މަޖިލީހަށް ހުށަހެޅި ބަޔާނުގައި ނުހިމެނޭގޮތުން ރައީސް އޮފީހުގެ ވެބްސައިޓްގެ ބަޔާނުގައި ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ހަލަބޮލިކަމާއެކު، މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބަޔަކު ނުކުމެ، ރާއްޖޭގެ ބައެއް ރަށްރަށުގައި ބޮޑެތި ހަމަނުޖެހުންތައްވަނީ ހިންގާފައި ކަމަށާއި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިންގި ޙަރަކާތްތަކުގައި، ދައުލަތާއި އަމިއްލަ ފަރާތްތަކުގެ ބައެއް ޢިމާރާތްތަކުގައި ހުޅުޖަހައި، ވަރަށް ބޮޑެތި ގެއްލުންތަކެއްވަނީ ދީފައިކަމަށް ބަޔާންކުރިއިރު ފެބުރުއަރީ 7 ވަނަ ދުވަހު ސަލާމަތީ ބާރުތަކުން ދިވެހި ރައްޔިތުންގެ ގައިގާ ތަޅާ އަނިޔާކޮށް އިންސާނިއްޔަތާ ޚިލާފު ޢަމަލުހިންގި ކަމުގެ މައްޗަށް އެއްވެސް ވާހަކަފުޅެއް ފާހަގަ ނުކުރައްވާކަމީ އަދުލުވެރިކަމެއް އިންޞާފުވެރިކަމެއް ނެތްކަން ހާމަވާކަމެއްނޫންތޯއެވެ

ރައީސްއޮފީހުގެ ވެބްސައިޓްގެ ބަޔާނުގައި ” ޑިމޮކްރަސީ ހަރުދަނާކުރުމުގެ މައި މަޝްރޫޢެއް މިހާރުވަނީ އެކުލަވައިލާފައި ކަމަށް ވިދާޅުވި ” ނަމަވެސް މަޖިލީހަށް އިއްވި ބަޔާނުގައި އެވާހަކަތަކެއް ބަޔާނެއް ނުކުރައްވައެވެ؟؟؟ ސުވާލު ނޫފެދޭތޯ

ސަރުކާރުގައި ހިމެނޭ ދީނީ އިލްމްވެރީން ހިތްހަމަޖެއްސުމަށްޓަކައި، ކަމަށް ވެދާނެ ، މަޖިލީހަށް އިއްވި ބަޔާނުގައި ނުހިމެނޭ އެހެނަސް ރައީސްއޮފީހުގެ ވެބްސައިޓްގެ ބަޔާނުގައި ވިދާޅުވެފައިވޭ ؟ ” ހަމައެއާއެކު، އިސްލާމްދީނަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ލޯބި އިތުރުކޮށް، އިސްލާމީ ޢަޤީދާ ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަކީ، މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭނެ ކަމެއް ، ހަމައެއާއެކު، ދިވެހިންގެ ޤައުމީ ރޫޙު އާލާކޮށް، ދިވެހިންގެ އެއްބައިވަންތަކަން އިތުރުކުރުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރެވޭނެ. ރާއްޖޭގެ ތާރީޚާއި ޘަޤާފަތް ދިރުވައި، ދިވެހިންގެ ޤައުމިއްޔަތު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވޭނެ. ” މިވާގޮތެއް ވިސްނާލައްވާ

ވަހީދުގެ މަޖިލިސް ބަޔާނުގައި ނުހިމެނޭ އެހެނަސް ރައީސް އޮފީހުގެ ވެބްސައިޓްގެ ބަޔާނުގައި އިތުރަށް ހިމަނާފައިވޭ މިވާހަކަވެސް ” ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ލިބިދިނުމަށްޓަކައި ވޭތުވެދިޔަ އަހަރު ދަނޑުވެރިކަމުގެ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގިފައިވޭ. ހައްދުންމަތީ ގަމުގައި ދަނޑުވެރިކަމުގެ ދިރާސާތައްކޮށް ދަނޑުވެރިން ތަމްރީނުކުރާނެ ޚާއްޞަ ސްކޫލެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވުމުން.” ހަމަ އެއްވެސް ސުވާލެއް ނޫފެދޭތޯ މިގޮތްވެސް ހަމަ އޯކޭ އެހެންނޫންތޯ

އަދިވެސް އިތުރުކޮށްލާފައިވޭ ރައީސް އޮފީސް ވެބްސައިޓްގެ ބަޔާނުގައި ” ރާއްޖޭގައި އިސްލާމީ ތަޢުލީމު އުނގަންނައިދީ، ތަޢުލީމީ ނިޒާމުގެ ތެރެއިން ދިވެހި މުސްލިމް ޝަޚްޞިއްޔަތެއް ބިނާކޮށް، ތަޢުލީމު ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް އަޅުގަނޑު ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ތިޔަ ޢިއްޒަތްތެރި މަޖިލީހަށާއި، ރާއްޖޭގެ ރައްޔިތުންނަށް އަރުވަން. ” ހަމަ ޔަޤީނުންވެސް މަޖިލީހަށް މުހާތަބުކޮށް ވަހީދު މިވާހަކައެއް ނުދައްކަވާ އެހެނަސް މަޖިލިސް މެންބަރުންނަށާއި ރައްޔިތުންނަށް ޔަޤީނަކަން ދޭކަމަށް އެ ވިދާޅުވަނި ވެބްސައިޓް ބަޔާނުގައި ވަރަށްވެސް ތެދުވެރި ހަމަ އަމާނާތްތެރި އެހެން ނޫންތޯ؟؟

އަޅުގަނޑު ވާނީ މިވާހަކަތައް ނިއުސްކޮންފަރެންސް ގައި ހާމަކޮށްފަވުމުން އެކަމުގެ ހަޤީގަތް ނުބަލާ ބައެއްބޭފުޅުން އަޅުގަނޑާ ޓުވިޓާގަ ދޮގެއްކަމަށް ސުވާލު އުފެއްދި އަދި ބައެއް ދުވަހު ނޫސްތަކުގައި އެވާހަކަތަކާމެދު ކިއުންތެރިން ދެކޮޅުހަދާ ދޮގުހަދަނީ ކަމުގައި ވިދާޅުވެފައިވޭ އެހެންކަމުން އެފަދަ ފަރާތްތަކަށާއި ރާއްޖޭގެ ރައްޔިތުންނަށް ކަމުގެ ހަޤީގަތް އެބޭފުޅަކު އަމިއްލަފުޅަށް ބައްލަވާލައްވާ އަޅާކިޔާލުމަށްޓަކައި ތިރީގައިވާ ދެ ލިންކް ގައި ރައްޔިތުންގެ މަޖިލީހުގެ މާޗް 19 ވަނަ ދުވަހުގެ ޔައުމިއްޔާ އާއި ރައީސް އޮފީހުގެ ވެބްސައިޓްގައިވާ ރިޔާސީ ބަޔާންގައި ހުރި ތަފާތުތައް ހައިލައިޓް ކޮށްފައިވާނެ އަދިވެސް އެއްކަމެއް ފާހަގަކޮށްލަން ޖެހޭ އެދުވަހު މަޖިލީހުގައި މައިކް ސިސްޓަމް ބޭނުންކޮށްގެން ވާހަަކަ ދައްކަވާފައިވަނީ މަޖިލީހުގެ ރައީސް އާއި މުޙައްމަދު ވަހީދު ހަސަންމަނިކު އެކަނިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ ތިބޭފުޅުން އަމިއްލަފުޅަށް ބައްލަވާ ކިޔާލައްވާ އަމިއްލަފުޅަށް އިންޞާފުކޮށްލައްވާށެވެ އަޅުގަނޑު އަބަދުވެސް ބުނާއެއްޗެއް ބުނާނި އެކަމެއް އޮތްގޮަތަށެވެ އެކަމެއްގެ ހެއްކާ ގަރީނާ ވެސް ހުރެގެންނެވެ.

މި ޚަބަރާއި ބެހޭ އިތުރު މައުލޫމާތު އަޅުގަނޑުގެ އަމިއްލަ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެ އެވެ.