ދޮންބިލެތްގެ ޖަގަހައަށާއި، ލެކިއުޓަށް ބަޔަކު ހަމަލަދީފި

އެމްޑީޕީ ކާށިދޫ ދާއިރާގެ ރައީސް އަދި ކާށިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް ދޮންބިލެތް އަޙުމަދު ޙަލީމްގެ ކެމްޕެއިން ޖަގަހަ އަށާއި، އެމްޑީޕީގެ އިސް ބައެއް މެންބަރުންގެ މަސްލަޙަތު އޮންނަ ލެކިއުޓް ލައިފްސްޓައިލް އިލެކްޓްރޯނިކްސްއަށް ރޭ ބަޔަކު ގެއްލުންދީފި އެވެ.

ދޮންބިލެތްގެ ޖަގަހައަށް ރޭ ބަޔަކު ވަދެ ހަމަނުޖެހުން ހިންގައި ގެއްލުންދީފައިވާ އިރު، ރޭ ދަންވަރުގެ ވަގުތެއްގައި ލެކިއުޓްގެ ބިއްލޫރިގަނޑަށް ދީފައިވާ ހަމަލާގައި، އެ ބިއްލޫރިގަނޑުގައި ވަނީ ރެނދުލާފައެވެ.

މި ދެ މައްސަލައިގައި ވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.