ސިޔާސީ ހަރަކާތެއް ހުއްޓާލުމަށް އެންގޭނީ ކޯޓަށް ހުށަހަޅައިގެން ކަމަށާއި ނަމަވެސް ސިފައިންނާއި ފުލުހުން އެމްޑީޕީގެ ސިޔާސީ ހަރަކާތް ހުއްޓުވި އިރު އެ ހަރަކާތް ހުއްޓާލުމަށް އެއްވެސް ކޯޓަކުން އަންގާފައި ނުވާކަމަށް އެމްޑީޕީން ބުނެފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު ހަވީރު ސިފައިންނާއި ފުލުހުން ރާޅުގަނޑު ސަރަހައްދަށް އަރާ އެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އެމްޑީޕީގެ އިންސާފްގެ މައިދާން އެކީ ސުންނާފަތިކޮށްލި މައްސަލައިގައި، އެމްޑީޕީން ސިވިލް ކޯޓުގައި ކުރާ ދައުވާ ގައި
އަދި އެ ސަރަހައްދުން ގެންގުޅުން މަނާ ތަކެތި ފެނުނު ކަމަށް ފުލުހުން ބުނާބުނުމަކީ ހަމައެކަނިި ތުހުމަތެއް ކަމަށް ވެސް އެމްޑީޕީން އިއްޔެގެ ޝަރީޢަތުގައި ބުންޏެވެ. މީގެ އިތުރުން އެފަދަ ތަކެތި އެސަރަހައްދުގައި ގެންގުޅުނުކަން ފުލުހުންނަށް އެއްވެސް ޝަރުއީ ކޯޓެއްގައި ސާބިތުކޮށްދެވިފައި ނުވާއިރު އެސަރަހައްދަށް ގަދަކަމުން ވަދެ އެތަނުގައިވާ އެތައްބައެއްގެ މުދާ ގަދަބާރުން ފުލުހުންނަށް ނުގެންދެވޭނެ ކަމަށެވެ.
އިއްޔެގެ ޝަރީއަތުގެ މަޖިލީސް ނިންމާލީ އަންނަ ބުރާސްފަތި ދުވަހު އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށް އިއުލާން ކުރުމަށް ފަހު އެވެ.