4.25 ނޫސް ކޮންފަރެންސް ނިންމަވާލައްވައިފި
4.12 ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ހަމައެކަނި ލިބިވަޑައިގަންނަވަން ޖެހޭނީ ކުރީގެ ރައީސަކަށް ލިބެން ޖެހޭ އިނާޔަތެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ. މިހާރުގެ ވެސް ރައީސަކީ މުހަންމަދު ނަޝީދު ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ބަޣާވާތަށްފަހު ގާނޫނީ އެތައް މައްސަލައެއް އެބަހުރި. މިއީ ބަޣާވާތުގެ ސަބަބުން ދިމާވި ކަންތައް. މަޖިލީހުގައި ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުމުގެ މައްސަލަ ވަނީ ފެންމަތިވެފަ. މަޖިލީހަށް ބިލެއް ހުށަހެޅެނީ ވެރިކަން ކުރާ ޕާޓީއަށް. އެހެން ނަމަވެސް ބާޣީ ރައީސްގެ ޕާޓީއަށް ނިސްބަތްވާ އެންމެ މެންބަރެއް ވެސް މަޖިލީހުގައި ނެތް.
4.10 އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބު މިއަންނަ އެޕްރީލް މަހުގެ 3 ވަނަ ދުވަހަށް ފަސްކުރެވިފައިވާ ކަމަށް އިންތި ވިދާޅުވެއްޖެ
4.07 އަވަސް އިންތިޚާބަކަށް ގޮވާލައި ފަށާ އެމްޑީޕީގެ ޑޯރޓުޑޯ ކެމްޕެއިން މިރޭ މާފަންނު ކުޑަވެޔޮމަތީ ގޭގައި މިރޭ 8.30 ގައި ފަށާނެ. އަދި އެގޭގައި ހުންނަ އެމްޑީޕީ މާފަންނު ހުޅަނގު ދާއިރާ އޮފީހުގެ ދިދަ ނެގުން އޮންނާނެ
4.05 ނޫސް ކޮންފަރެންސް ފެށިއްޖެ
4.00 އެމްޑީޕީގެ ސްޕޯކްސްޕާސަން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ދެއްވާ ނޫސް ކޮންފަރެންސެއް ކުޑައިރުކޮޅެއްގެ ތެރޭގައި އެމްޑީޕީ އޮފީހުގައި ފެށޭނެ