މިޕާޓީގެ، ޤައުމީ ސެކްރެޓޭރިއަޓްއަށް ތިރީގައި މިދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.
ރިސެޕްޝަނިސްޓް
ބޭނުންވާ އަދަދު 1
ފެންވަރު ނުވަތަ ޝަރުތު:
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ދަށްވެގެން ސާނަވީ އިމްތިހާނަކުން އިނގިރޭސިއާއެކު ދެ މާއްދާއިން “c” ގްރޭޑް ލިބިފައިވުމާއި، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި ދިވެހި މިމާއްދާއިން ދަށްވެގެން “c” ގްރޭޑް ލިބިފައިވުމާއި، ކޮމްޕިއުޓަރަށް އަހުލުވެރިވުން.
މުސާރަ:
4000 ރުފިޔާ އާއި 6000 ރުފިޔާ އާ ދެމެދުގެ އަދަދެއް
މި މަޤާމަށް މީހަކު ހޮވުމުގައި މި ޕާޓީގެ މެންބަރުންނަށް އިސްކަން ދެވޭނެއެވެ.
މިމަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން 28 މާރޗް 2012 ވާ ބުދަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ 2 ވަނަ ފަންގިފިލާ) އަށް ސިޓީއާއި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު: ފޯން 3340044، ފެކްސް 3322960، އީމެލްއިލް: secretariat@mdp.org.mv
25 މާރޗް 2012