ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެދިއްޖެ ހިނދެއްގައި ސަލާމަތާ ރައްކާތެރިކަން ދޭން ތިބޭ ބަޔަކީ ސަލާމަތީ ބާރުތަކުގެ ބޭފުޅުން ނަމަވެސް އެފަރާތުން އަމަލުކުރަނީ ސީދާ މަރާލާނަމޭ ބުނެ ކަމަށް އިންތި ވިދާޅުވި. އަދި އިންތިއާ ވެސް “މަރާލާނަމޭ ބުނެ” ސަލާމަތީ ބާރުތަކުގެ ބޭފުޅުން އެތައް ފަހަރަކު ދިމާކޮށްފައިވާ ކަމަށް އިންތި ވިދާޅުވި
އެމްޑީޕީއާ މެދު ކުރެވޭ ހުރިހާ ޖަރީމާއެއް ކުރާނެ އެހެން ނަމަވެސް ދުވަހެއް ދުވަހަކަށް އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން ދަނީ އިތުރުވަމުން. ސިޔާސީ ހަރަކާތްތައް ދަނީ މެކުހަށް ޖަހަމުން.
ޢަބްދުﷲ ގާޒީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި، އަދި ޢަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވެފައިވާ ކަން ފާހަގަކުރެއްވި. އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ހުރިކަން ސާބިތުވެ ސިއްކަ ޖެހިފައިވާ ކަމަށާއި، އެއީ ވަރަށް ނުރައްކާތެރިކަމެއް ކަމަށް އިންތި ވިދާޅުވި
އެޗްއާރުސީއެމަށް ރައީސް ގެންދެވުމުން އަޖައިބުވެ އަންތަރީސް ވެއްޖެ. އިންސާނީ ކަރާމާތަށް މަސައްކަތްކުރައްވާ ބޭފުޅަކު ގެންދެވީ ކުރިން ވެސް މިހާރު ވެސް ޖަރީމާ ހިންގަވަމުން ގެންދެވި ބޭފުޅުން ގޭގައި ބައިތިއްބާފަ. އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވެސް ފުލުހުންނާއސި ސިފައިން ވަކި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހިނގަމުންދާކަމާއި، މި ސަރުކާރުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އެފަރާތްތަކުން މަސައްކަތްކުރައްވާއިރު ރާއްޖޭގެ މިނިވަން މުޥައްސަސާތައް ހަނުތިބޭތީ އެކަމާ ސުވާލު އުފެދޭ ކަމަށް އިންތި ވިދާޅުވި
ސިޔާސީ ޕާޓީތަކަކީ އިންތިޚާބުތަކުގައި ވާދަކުރަން ހުންނަ ޕާޓީތަކެއް ނަމަވެސް މިހާރު ފެންނަނީ އިއްތިހާދެއް ހަދައިގެން ކެންޑިޑޭޓުން ނެރޭތަން ކަމަށާއި، އެހެން ކަމުން ސިޔާސީ ޕާޓީ ހެދުމުގެ މަގްސަދު އޮޅިފައިވާ ކަމަށް ވިދާޅުވި.
މާލޭގެ މަގުތަކުންނާއި ރާއްޖޭގެ ކަންކޮޅުތަކުންނާއި، ބާޣީ ވަޙީދު ދާ ރަށްރަށުން ފެންނަ މަންޒަރުތަކުން އިނގޭނެ ކޮންބަޔަކަށް ކަން ތާޢީދު އޮތީ
މައިދާން ފޭރިގަނެފައިވާތީ މިއަދު ނޫސްވެރިންނާ މި ބައްދަލުކޮށްލީ އެމްޑީޕީގެ މައި އޮފީހުން ކަމަށް ވިދާޅުވި. ބާޣީ ވަހީދު ގިނަ ރައްޔިތުން ދެކެނީ އަވަސް އިންތިޚާބެއް ބޭއްވުން ކަމަށާއި، އެހެން ނަމަވެސް ގިނަ ރައްޔިތުންނަކީ މުލިއާގެއަށް ވަންނަ 150 އެއް ހާ މީހުންނެއް ނޫން.