އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ޚާއްސަ ޖަލްސާއެއް ރޭ ބާއްވައިފި

އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ޚާއްސަ ޖަލްސާއެއް ރޭ އެ ޕާޓީގެ މައި ހަރުގޭގައި ބާއްވައިފިއެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި، އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާއި އަހުމަދު އާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު ވާހަކަފުޅުދެއްކެވި އެވެ. އަދި މީގެ އިތުރުން ކުއްލިއްޔާގެ ދަރިވަރަކު ވެސް ރޭގެ ޖަލްސާގައި ވާހަކަދެއްކެވިއެވެ.

މި ޚާއްސަ ބައްދަލުވުމުގައި ޝިފާ ވަނީ އެކަމަނާގެ ޢާއިލާއަށް ކުރީގެ ރައީސް މައުމޫންގެ ސަރުކާރުން ދީފައިވާ އަނިޔާތަކާއި ބެހޭ ގޮތުން ވަރަށް އަސަރާއެކު ވާހަކަދައްކަވާފައެވެ.