6.22 ހިނގާލުން ނިންމާލުމަށް ފަހު ބައިވެރިން އިންސާފުގެ މައިދާނަށް ވަދެއްޖެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިއަދުގެ ހިނގާލުމުގައި ވެސް ބައިވެރިވި. ބައެއް ރަށްރަށުން ވެސް މާދަމާގެ އިޙްތިޖާޖަށް މާލެ އަންނަމުން އެބަދޭ
6.20 ހިނގާލުން ނިންމާލުމަށްޓަކައި ބައިވެރިން މިހާރު މިސްރާބުހުރީ އިންސާފުގެ މައިދާނާ ދިމާލަށް. މި ހިނގާލުމަކީ މާދަމާ ބާޣީ ރައީސް މަޖިލީހަށް ވަނުމާ ދެކޮޅަށް ޝުޢޫރުފާޅުކުރުމަށް ބޭއްވި ހިނގާލުމެއް. މާދަމާ އެމްޑީޕީން މަޖިލިސް ކައިރި ސަރަހައްދުތަކަށް އެއްވާނެ
6.15 ބައިވެރިން މިހާރު ތިބީ ސޯސަންމަގާ ހިސާބުގައި. އެއްވެސް ހިސާބަކަށް ހުއްޓާފައެއް ނުވޭ. ބައިވެރިން މިހާރު ދަނީ ލަވަކިޔަމުން
5.58 މިއަދު ހިނގާލުމުގެ ބައިވެރިން ވެސް ވަނީ ޕްލެޓޫންތަކަށް ބަހާލާފަ. އެ ގޮތުން ބާޣީންގެ ނަން ހިމަނައިގެން ވަނީ ޕްލެޓުން ހަދާފަ. ކޮންމެ ޕްލެޓޫނެއްގައި 100 އަށް ވުރެ ގިނަ މީހުން ހިމެނޭ
5.58 މިހާރު މާލޭ ސިޓީ ހޯލާ އަރާ ހަމަވެއްޖެ
5.50 ހިނގާލުމުގެ ބައިވެރިން މިހާރު މާފަންނު ސަހަރާ އާ އަރާ ހަމަވެފައިވާ އިރު، ރައީސް ނަޝީދާއި، ބައެއް މަޖިލިސް މެންބަރުންނާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް މެންބަރުން ތިއްބެވި އެންމެ ކުރީ ލައިނުގެ ކުރީގައި އެމްޑީޕީ ބެރު ޔުނިޓް އެބަ އޮތް
5.45 މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ބާޣީ ރައީސް ނުވެއްދުމަށް ހުރަސް އެޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމުން މިއަދު ފާސްކޮށްފި
5.40 ބޮޑުތަކުރުފާނު މަގުން ސޯޝަލް ސެންޓަރ ފުރަގަހާ އަރާ ހަމަވެއްޖެ.
5.30 އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ދަނީ ބައިވެރިވަމުން. ބާޣީ ރައީސް މަޖިލީސް ތަޣައްޔަރު ނުކުރުމަށް މަޖިލީހަށް ނުވަނުމަށް ބައިވެރިންދަނީ ގޮވަމުން. ރީކޯ، މާރިޔާ، އިބޫ އަދި އެހެން ބައެއް މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވާ
5.23 ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާ މި ހިނގާލުމުގެ ކުރީ ސަފު ސްޓޭޑިއަމާ ހަމައިގައި އޮތް އިރު ނިމޭކޮޅު އޮތީ ފްލެޓްތަކާ ހަމައިގައި ކަމަށް މަޢުލޫމާތު ލިބޭ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިވެރިވަމުން
5.10 ބާޣީ ރައީސް މަޖިލީހަށް ނުވެއްދުމަށް ގޮވާލައި، އެމްޑީޕީން ބާއްވާ ސުލްހަވެރި ހިނގާލުން ލޮނުޒިޔާރަތްކޮޅުން ފަށައިފި
5.00 ދިހަ ވަރަކަށް މިނެޓް ތެރޭގައި ހިނގާލުން ފެށޭނޭ ކަމަށް އިޢުލާން ކޮށްފި
4.30 އެމްޑީޕީގެ ސުލްހަވެރި ހިނގާލުމުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު ރާޅުގަނޑަށް އެއް ވެއްޖެ. އަދި ވެސް އިތުރު މީހުން ދަނީ ބަިއވެރިވަމުން