މާފަރު ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި މާޖިދަށް ޑރ.ޑީޑީ ތަހުނިޔާ ވިދާޅުވެއްޖެ

މިއަދު ބޭއްވި ނ. މާފަރު ކައުންސިލްގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި ، އެ އިންތިޚާބު ކާމިޔާބު ކުރެއްވި މާފަރު އާއިލާވެހި، އަބްދުލް މާޖިދު އަލީ އަށް އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިރޭ މާފަރު ކައުންސިލްގެ ނަތީޖާ އިޢުލާންކުރުމާ ގުޅިގެން އެ ގޮނޑި ކާމިޔާބުކުރެއްވި މާޖިދަށް ގުޅުއްވައި ޑީޑީ މަރުހަބާ ވިދާޅުވިއެވެ. އަދި މި ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތަކަށް ޑީޑީ ޝުކުރުއަދާ ކުރެއްވިއެވެ.