ދެން ކަންތައް ވެގެންދާނެގޮތް ބާޣީ ވަހީދަށް ނުވެސް ވިސްނޭނެކަމަށް ބާރަށު ދާއިރާގެ މެންބަރު ޝިފާޒް ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލިސް ހުޅުވަން މިހާރު ޝެޑިއުލްކޮށްފައި އޮތް ދުވަހު ދެން ކަންތައް ވެގެންދާނެގޮތް ބާޣީ ވަހީދަށް ނުވެސް ވިސްނޭނެކަމަށް ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ރާޅުގަނޑު ސަރަހައްދުގައި ވާހަކަފުޅު ދައްކަވަމުން ޝިފާޒް ވިދާޅުވީ މިމަހުގެ ފުރަތަމަ ދުވަހު ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ނުލިބުމުން ދެން އެހެންގޮތަކަށް އެކަން ކުރާނެކަމަށް ވިސްނައިގެން މަޖްލިސް ހުޅުވަން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަސައްކަތް ޕުޅު ކުރެއްވުމަކީ ބުއްދިވެރިކަމެއް ނޫންކަމަށެވެ.

އަދި އިންތިހާބުގެ ތާރީހެއް ނުދީ ބާޣީ ވަހީދު ދެން މަޖިލިސް ހުޅުވަން ގޮސްފިނަމަ ކަންކުރާނެގޮތް ނުވެސް ވިސްނޭނެކަމަށާއި އެދުވަހުން ބާޣީ ވަހީދަށް ކުރިމަތިވާނީ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ ދެކޮޅުވެރިކަން އެކަނި ނޫންކަމަވެސް ޝިފާޒް ވިދާޅުވިއެވެ. އޭގެ އިތުރުން މަޖްލިސް ހުޅުވާދުވަހު އެމްޑީޕީގެ އާއްމު މެމްބަރުންނާއި ސަޕޯޓަރުން މަޖްލިސް ވަށާލާނެކަމަށްވެސް ޝިފާޒް ރޭ ވިދާޅުވިއެވެ.