MDP/2011-014
28 މާރޗް 2012 ވާ ހޯމަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މިއަދު (15 މާރޗް 2012 ވީ ބުރާސްފަތި ދުވަހުގެ) ހަވީރު 4.00 ގެ ނިޔަލަށް ހަމަވިއިރު، އެއިންތިޚާބުގެ އެކި މަޤާމްތަކަށް ކުރިމަތިލައްވާފައިވާ ފަރާތްތައް ތިރީގައި މިވަނީ އެވެ.
ރައީސް ކަމަށް ކުރިމަތިލެއްވީ އިބްރާހީމް މުޙައްމަދު ޞޯލިޙް ހިންނަވަރު ދާއިރާ އެވެ. މި މަގާމަށް އިންތިޚާބުކުރާނީ 1 ބޭފުޅެކެވެ.
ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ މުޙައްމަދު ނަޝީދު ނޮޅިވަރަމް ދާއިރާ، މުޙައްމަދު އަސްލަމް ހިތަދޫ އުތުރު ދާއިރާ، ޢަބްދުﷲ ޢަބްދުއްރަޙީމް މާފަންނު ހުޅަނގު ދާއިރާ އަދި ޢަލީ ވަޙީދު ތޮއްޑޫ ދާއިރާ އެވެ. މި މަގާމަށް 2 ބޭފުޅުން އިންތިޚާބުކުރާނެއެވެ.
ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރިމަތިލެއްވީ ޙާމިދު ޢަބްދުލްޣަފޫރު ހެންވޭރު ދެކުނު ދާއިރާ އެވެ. މި މަގާމަށް އިންތިޚާބުކުރާނީ 1 ބޭފުޅެކެވެ.
ސެކްރެޓަރީ ޖެނެރަލްގެ ނައިބު ކަމަށް ކުރިމަތިލެއްވީ މުޙައްމަދު ޤަސަމް ތިނަދޫ ދާއިރާ އެވެ. މި މަގާމަށް ވެސް އިންތިޚާބުކުރާނީ 1 ބޭފުޅެކެވެ.
ވިޕުންގެ މަގާމަށް ކުރިމަތިލެއްވީ އީވާ ޢަބްދުﷲ ގަލޮޅު އުތުރު ދާއިރާ، މުޙައްމަދު ޝިފާޒް ބާރަށު ދާއިރާ އަދި އިލްޔާސް ލަބީބު ހުޅުމީދޫ ދާއިރާ އެވެ. މި މަގާމަށް 3 ބޭފުޅަކު އިންތިޚާބުކުރާނެއެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 މާރޗް 2012
ޚާދިމްކުމް
ޙަސަން ޝާހް
ސެކްރެޓަރީ ޖެނެރަލް