ނ.މާފަރުގައި ތިބި ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ރައީސް ނަޝީދު މިއަދު މާފަރަށް ވަޑައިގެންފިއެވެ.
ރައީސް އެރަށަށް ވަޑައިގެން ހިންގަވާފައި އެއްގަމަށް ވަޑައިގަންނަވަނިކޮށް އެރަށުގައި ހުންނަ ޑީއާރުޕީ އޮފީސް ދޮށުގައި ޑީއާރުޕީގެ އަންހެނުން ކޮޅެއް ވަނީ ނުރުހުމުގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. އެހެން ނަމަވެސް އެމީހުން އެޝުޢޫރުތައް ފާޅުކުރަމުން ދަނިކޮށް ރައީސް ނަޝީދު ވަނީ އެމީހުންގެ ގާތަށް ވަޑައިގެން އެމީހުންނާ ސަލާމް ކުރައްވާ ހާލުއަހުވާލު ބައްލަވާ އަދި އެމީހުންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
ރައީސް ނަޝީދުގެ މިދަތުރުފުޅުގައި މިއަދުގެ ވަގުތެއްގައި އެރަށުގެ ގޭގެއަށް ދޮރުން ދޮރަށް ހިންގަވާނެއެވެ. އަދި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ އެރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.