ފުލުހުންގެ އަނިޔާއާ ދެކޮޅަށް އެމްޑީޕީން ބޭއްވި ސުލްހަވެރި އިޙްތިޖާޖުގައި ގިނަ ބަޔަކު ބައިވެރިވެއްޖެ

07.12 މަޖީދީމަގުން ގޮސް ބޮޑުތަކުރުފާނު މަގުން ޑީއާރުޕީ އޮފީސް ކުރިމަތިން އިޙްތިޖާޖުގެ ބައިވެރިން މިހާރު މިސްރާބު ޖަހާފައިވަނީ އިންސާފުގެ މައިދާނަށް

07.05 ބްރޭކަށްފަހު އަލުން ފަށައިފި. މިހާރު ޝުޢޫރުފާޅުކުރަމުން މަޖީދީ މަގުން އިރަށް ދަނީ.

6.40 ގަލޮޅު ދަނޑާ ދިމާލުން މަޖީދީ މަގު ކަންމައްޗަށް ހުންނަ މިސްކިތް ކައިރީގައި މުޒާހަރާގެ ބައިވެރިން އިށީނދެއްޖެ. އެއްބަޔަކު އެ މިސްކިތަށް، ގިނަ ބަޔަކު އިބްރާހިމީ މިސްކިތަށް ނަމާދަށް އަރައިފި. މަޖީދީ މަގުގައި ތިބި މީހުންތިބީ އިށީނދެގެން

6.40 ނަމާދު ވަގުތު ނިމުމާއެކު މިހާރު އަލުން ޝުޢޫރުފާޅުކުރަން ފަށައިފި. މިހާރު ރެޑްވޭވް ކައިރީގައި

6.35 އިޙްތިޖާޖުގެ ބައިވެރިން މަޖީދީ މަގުން ކުރިޔަށް ގޮސް އަލިކިލެގެފާނު މަގާ އަރާހަމަ ވެއްޖެ. ނަމާދު ވަގުތަށްވާތީ އެއްވެސް ވަރަކަށް މިހާރު ޝުޢޫރުފާޅެއް ނުކުރޭ. ވަރަށް ސައިލެންޓް

6.18 ޕިކަޕް ކުރިމަތީގައި ވަރަށް ދިގު ސައިކަލް ކިޔޫއެއް އެބައޮތް. ގިނަ ބަޔަކު އަދިވެސް ދަނީ އިޙްތިޖާޖާ ގުޅެމުން. މިއީ ނަމާދު ވަގުތު ކަމަށްވުމާއެކު އަޑުމަޑުކުރުމަށް، ޕިކަޕުން ގޮވަމުން އެބަދޭ

06.15 މިހިނގާލުން ކުރިއަށްދާއިރު މި އިޙްތިޖާޖަށް ހިއްވަރު ދިނުމުގެ ގޮތުން ގދ ތިނަދޫގައިވެސް ސުލްހަވެރި ހިނގާލުމެއް ކުރިއަށް އެބަދޭ.

06.10 މިހާރު މަޖީދީ މަގުން ހެންވޭރާވީ ކޮޅަށް (އިރަށް) މިސްރާބު ޖަހައި، ސްޓަރސިނަމާ ފަސްދީފި

6.00 އައިޖީއެމްއެޗް ފުރަގަހުން ބޮޑުތަކުރުފާނު މަގުން އުތުރަށް ބައިވެރިން މިސްރާބު ޖަހާފައިވާއިރު މި އިޙްތިޖާޖުގައި ބައިވެރިވަމުންދާ މީހުންގެ އަދަދު ހައްތަހާ ދަނީ ގިނަވަމުން. އެކު ހިސާބުތަކުން ގިނަ އަދަދެއްގެ ބަޔަކު ގުޅެމުން އެބަދޭ. މިހާރު ވާހަކަ ދައްކަވަނީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ މުސްތަފާ ލުތުފީ

5.45 މިހާރު އައިކޭ އާ އަރާ ހަމަވެއްޖެ. ހުދު ހެދުމުގައި ތިބި ޒުވާން ގްރޫޕެއް ބާޣީ ވަޙީދުގެ އިސްތިއފާއަށް ގޮވަމުން ސޯސަން މަގުން ކުރިޔަށް އެބަދޭ.

5.40 އިޙްތިޖާޖުގެ ބައިވެރިން ސްޓޭޑިއަމާ އަރާ ހަމަވެފައިވާ އިރު، ރައީސް ނަޝީދުގެ ކެބިނެޓްގެ ހޯމް މިނިސްޓަރ ޙަސަން ޢަފީފް ގެންދަވަނީ ފުލުހުންގެ އަނިޔާ އާއި ދެކޮޅަށް، ޕިކަޕް ތެރޭގައި ހުންނަވައިގެން ވާހަކަފުޅު ދައްކަވަމުން

5.20 މި އިޙްތިޖާޖުގައި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވޭ. ބައިވެރިން ގޮވަމުންދަނީ ފުލުހުންގެ އަނިޔާވެރިކަން ހުއްޓާލުމަށާއި، ބާޣީ ވަޙީދު އިސްތިޢުފާ ދިނުމަށް ފަހު އަވަސް އިންތިޚާބެއް އިޢުލާންކުރުމަށް

5.18 ސުލްޙަވެރި އިޙްތިޖާޖުގެ ބައިވެރިން މިހާރު އަމީނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެއާ އަރާ ހަމަވެއްޖެ. އެމްޑީޕީގެ ރައީސް ޑރ.ޑީޑީ ވެސް ބައިވެރިވެވަޑައިގަންނަވާ


5.15 ސުލްޙަވެރި އިޙްތިޖާޖުގެ ބައިވެރިން މިހާރު ސްޓެލްކޯ ފަސްދީފި. ޅ.ހިންނަވަރުން ވަރަށް ގިނަ ބަޔަކު މި އިޙްތިޖާޖުގައި ބައިވެރިވާ ކަމަށް މަޢުލޫމާތު ލިބޭ

5.10 އިޙްތިޖާޖުގެ ބައިވެރިން 55 ވަރަކަށް ޕްލެޓޫނަށް ބެހިފައިވާ އިރު އެއިން ކޮންމެ ޕްލެޓޫނެއްގައި 200 އެއްހާ މީހުން ތިބި ކަމަށް މަޢުލޫމާތު ލިބޭ. މިހާރު ބައިވެރިން ތިބީ ދަރުބާރުގެއާ ހިސާބުގައި. ކޮންމެ ޕްލެޓޫން އަކަށް ވެސް ވަނީ ޚާއްސަ ނަމެއް ދީފައި. އެގޮތުން ޕެޕަރސްޕްރޭ ޕްލެޓޫން، ވާނުވާ ޕްލެޓޫން އަދި ފަހަރި ޕްލެޓޫން ފަދަ ނަންތައް ޕްލެޓޫންތަކަށްދީފައިވޭ

5.05 ޕްލެޓޫންތަކަށް ބެހުމަށްފަހު ހުރިހާ ޕްލެޓޫނެއް އެކީ އަމީނީ މަގުން މާފަންނާ ވީކޮޅަށް ނައްޓާލައިފި. އެންމެ ކުރީގައި ޕިކަޕް، ދެން ޒުވާނުން އޭގެ ފަހަތުން ޕާޓީގެ އިސް ބޭފުޅުން އަދި އެންމެ ފަހަތުގައި އާންމު މެންބަރުން

4.35 ރާޅުގަނޑަށް އެއްވެފައިވާ މީހުން ކުދި ގްރޫޕްތަކަށް (ޕްލެޓޫންތަކަށް) ބަހަމުންދާ ކަމަށް މައުލޫމާތު ލިބޭ

4.30 އަދިވެސް ހިނގާލުން ނުފެށޭ. ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ދަނީ އެ ސަރަހައްދަށް ޖަމާވަމުން

4.00 ބައިނަލް އަޤްވާމީގޮތުން ފާހަގަކުރާ ފުލުހުން ކުރާ އަނިޔާއާ ދެކޮޅު ހެދުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްޑީޕީން ބާއްވާ ސުލްހަވެރި އިޙްތިޖާޖަށް ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީގެ އިންސާފުގެ މައިދާނަށް އެއްވަމުން އެބަދޭ