ދޮންބިލެތް އަޙުމަދު ހަލީމަށް ކެނޑިޑޭޓް ނަންބަރު 4

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގެ ނަންތައް މިއަދު ތަރުތީބު ކޮށްފައިވާއިރު އެމްޑީޕީ ކެންޑިޑޭޓް ދޮންބިލެތް އަޙުމަދު ހަލީމަށް ލިބުނީ ކެނޑިޑޭޓް ނަންބަރު 4 އެވެ.

ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެންޑިޑޭޓް ނަންބަރު 1 ލިބިފައި ވަނީ ޖުމްހޫރީ ޕާޓީގެ އަބްދުﷲ ޖާބިރު އަށެވެ. ކެންޑިޑޭޓް ނަންބަރު 2 ލިބިފައި ވަނީ އަމިއްލަ ގޮތުން ކުރިމަތި ލެއްވި މުހައްމަދު އަފީފަށެވެ. އަދި 3 ވަނަ ޕީޕީއެމްގެ މުހައްމަދު ވަހީދު އިބްރާހިމް އަށެވެ.

އެޕްރީލް 14 ގައި ބާއްވާ އަނެއް ބައި އިލެކްޝަން ކަމަށްވާ ތިމަރަފުށީ ދާއިރާ ބައި އިލެކްޝަންގެ ކެނޑިޑޭޓް ނަންބަރު 1 ލިބިފައިވަނީ ކުރިން ވެސް އެދާއިރާގެ ގޮނޑި ފުރުއްވި މުހައްމަދު މުސްތަފާއަށެވެ.