އެމްޑީޕީގެ ސްޕޯކްސްޕާސަން ދެއްވާ ޕްރެސް ކޮންފަރެންސް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވާނެ. މި އިންތިޚާބު އޮންނާނީ 28 މާރޗް 2012 ވާ ހޯމަ ދުވަހު

މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު މިއަދު ވާނީ ހުޅުވާލާފައި، 22 ގަ މުއްދަތު ހަމަވާނެ.

ފުލުހުންގެ ބަހުރުވައަކީ ވެސް އިންސާނުން ބޭނުންކުރާ ވަރަށްވުރެ ދަށު ދަރަޖައިގެ ބަހުރުވައެއް. މަރާލާނަމޭ ނައްތާލާނަމޭ ބުނެ ފުލުހުން އާންމުންނާ ދިމާކުރަމުންދޭ.

ވަރަށް ފުޅާ ގޮތެއްގައި މާދަމާގެ ޙަރަކާތްތައް ހިންގުމުގެ ތައްޔާރީތައް އިންސާފުގެ މައިދާނުގައި ވަރަށް ފޯރިއާއެކު ކުރިޔަށް އެބަދޭ. ކުރީގެ އަނިޔާކުރުމުގެ ސަގާފަތް އަލުން މިވަނީ ފެށިފަ. މި ލާއިންސާނީ އަމަލުތަކަށް ހުއްޓުމެއް އައީ އެމްޑީޕީގެ ސަރުކާރު އައުމުން. ފުލުހުންނަކީ ބިރުގަންނަން ޖެހޭ ބައެއް ނޫން. ފުލުހުންނަކީ އަމާންކަންދޭންޖެހޭ ބައެއް. ފުލުހުންނަކީ މީހުން ބިރުގަންނަންޖެހޭ ބައެއް ކަމަށް ޖަމީލް ބުނި ބުނުމާ އެއް ގޮތަށް އެކަން އެދަނީ ކުރަމުން. މިއަދު ތިނަދޫގައި ވެސް ވަރަށް އަނިޔާވެރި ކަމާއެކު 8 މީހަކު ހައްޔަރުކޮށްފި

އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ދެއްވާ ޕްރެސް ކޮންފަރެންސެއް ކުޑަ އިރުކޮޅެއްގެ ތެރޭގައި އެމްޑީޕީ ސެކްރެޓޭރިއަޓް ގައި ފެށެނެ. މި ނޫސް ކޮންފަރެންސް ގައި މާދަމާ އަކީ ފުލުހުންގެ އަނިޔާ އާއި ދެކޮޅަށް ފާހަގަކުރާ ބައިނަލް އަޤްވާމީ ދުވަސް ކަމަށް ވުމާއެކު މާދަމާ އެމްޑީޕީން ހިންގާނެ ޙަރަކާތްތަކާ ބެހޭ މަޢުލޫމާތު ދެއްވާނެ.

މި ޕްރެސް ކޮންފަރެންސް ރާއްޖެ ޓީވީން ވަގުތުން ދައްކާނެ