ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ތަރުތީބުކޮށްފި

އޭޕްރީލް 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި- އިލެކްޝަނަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ތަރުތީބުކުރުމުގެ ގުރުއަތު ނަގައި، ނަންތައް ތަރުތީބު ކުރެވިފައިވާ ގޮތް އިލެކްޝަންސް ކޮމިޝަނުން މިއަދު އިޢުލާނުކޮށްފިއެވެ.

އެގޮތުން ނަންތައް ތަރުތީބު ކުރެވިފައިވާ ގޮތުން ކެންޑިޑޭޓް ނަންބަރ 1 ލިބެނީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު މުޞްޠަފާ އަށެވެ. ކެންޑިޑޭޓް ނަންބަރ 2 ލިބެނީ ޕީޕީއެމްގެ ކެންޑިޑޭޓް އަޙްމަދު ޝަރީފް އަށެެވެ. އަދި ކެންޑިޑޭޓް ނަންބަރ 3 ލިބެނީ އަމިއްލަ ގޮތުން ކުރިމަތިލެއްވި އެމްޑީޕީގެ މެންބަރުޢަބްދުއްރަޝީދު ޢަބްދުﷲ (އަބުަސީ) އަށެވެ.