ކާށިދޫ ދާއިރާއަށް 4 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކާށިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، އެދާއިރާއަށް 4 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކަމަށް ބޮޑު 3 ޕާޓީއަކުން ބުނެފައިވާ އިރު، އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ފަރާތުން އެ ދާއިރާއަށް ވާދަކުރައްވަނީ ކުޅިވަރުގެ ދާއިރާއިން ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ދޮންބިލެތް އަހުމަދު ހަލީމެވެ.، ޖުމްހޫރީ ޕާޓީގެ ފަރާތުން ޖޭ ހޮޓެލްސްގެ ވެރިޔާ އަބުދުﷲ ޖާބިރެވެ. އަދި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ މުހައްމަދު ވަހީދު އިބްރާހިމް އެވެ.