ހައްދުންމަތީ ގަމުގައި ބަޣާވާތާ ދެކޮޅަށް ބާއްވާ ވެހިކަލް ބުރެއް ކުރިއަށް އެބަދޭ

އެކެއް ޕޮއިންޓް އެކެއް

ހުސްވިމަހުގެ 07 ވަނަދުވަހު މިރާއްޖޭގެ ރައްޔިތުންގެ ވެރިކަން އަމިއްލަބަޔަކު ސަލާމަތީ ބާރާ މަދަނީ ފުލުހުން ނަށް ރިޝްވަތު ދީގެން ފޭރިގެންގެންފައި ވާތީ އާއި އަދި ވެރިކަންފޭރިގަތުމަށް ފަހު ރައްޔިތުންނަށް ކުރަމުންގެންދާ ލާއިންސާނީއަނިޔާތަށް ކުށްވެރިކޮށް ލާމު އަތޮޅު ފޮނަދޫންފެށިގެން އެއަތޮޅު ގަމާ ދޭތެރޭގައި ބާއްވާ ވެހިކަލްބުރު ވަރަށް ފޯރިޔާ އެކު ކުރިޔަށް އެބަދެއެވެ.

މި ވެހިކަލް ބުރުގެ ބައިވެރިން ގޮވަމުންދަނީ ރައްޔިތުންގެ ބާރުތައް ފޭރިގެންފައިވާ ބާޣީސަރުކާރު ގަބޫލު ނުކުރާނޭކަމަށާ ރައްޔިތުންނަށް އެބައިމީހުންކުރަމުންދާ އަނިޔާތައް ހުޢްޓާ ލުމަށާ އަވަސް އިންތިޚާބެއް ބޭއްވުމަށެވެ. ލާމު ފޮނަދޫން ފެށިގެން ގަމާ ދެމެދު ބާއްވާ މިވެހިކަލް ބުރުގައި ގިނަޢަދަދެއްގެ ވެހިކަލާ އެތަކެއް ރައްޔިތުން ބައިވެރިވެ މިގައުމު އަވަހަށް ރައްޔިތުންނާއި ޙަލުކުރުމަށް ގޮވާލަމުން އެބަދެއެވެ.