ގދ.ނަޑެއްލާ އެމްޑީޕީ ހަރުގެ އަދި އެމްޑީޕީ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ނަޑެއްލާގެ ޒުވާނުން ކުރިޔަށް އެބަގެންދޭ

nadella-2-220-x-123nadella-220-x-123

އެގޮތުން ނަޑެއްލާ އެމްޑީޕީ ޒުވާނުންގެ ގޮފި އަދި ނަޑެއްލާ ފިޔަލަ ގޮތްޕާއި ނަޑެއްލާ އެމްޑީޕީ މެދުމިން ގޮފީގެ އިތުރުން ނަޑެއްލާ އެމްޑީޕީ ފޯކްލް ޕޮއިންޓް ގުޅިގެން ޒުވާނުންގެ އިސްނެގުމުގެ މަތިން ނަޑެއްލާ އެމްޑީޕީ ހަރުގެ އަދި އެމްޑީޕީ ނަޑެއްލާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ހިތްވަރާއި ފޯރިޔާއި އެކު އެމްޑީޕީގެ ޒުވާނުން ކުރިޔަށް އެބަގެންދެއެވެ.

07 ފެބުރުއަރީ 2012 ގައި ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ބަޣާވާތަކުން ފިރުކާލުމައި ގުޅިގެން ނަޑެއްލާގެ ޒުވާނުން އަމިއްލައަށް އިސްނަގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި ކުރަމުންމިގެންދާ މަސައްކަތަކީ ހަމަ އެޒުވާނުންގެ އަމިއްލަ ހަރަދުގައި ކުރަމުންދާ މަސައްކަތެކެވެ.

ނަޑެއްލާގެ ޒުވާނުން އެމްޑީޕީ އާއި އެކު ތެދުވެ މިންނެތް ބުރަމަސައްކަތް ކުރަން މި ފެށި މައިގަނޑު ސަބަބެއް ކަމުގައި ޒުވާނުން ބުނަމުންދަނީ އެ ޒުވާނުންނަށް ނޭނގި ޒުވާނުން ވޯޓުލައި ހޮވި، ރައީސުލް ޖުމްހޫރިއްޔާއެއް ބަޣާވާތަކުން ބަދަލު ވުމާއި، އެމީހުންގެ ވޯޓަކާއި ނުލައި ޤާނޫނީ ބުރަދަނެއް ނެތް ބާޣީ އެއް މިރާއްޖޭގެ ވެރިކަމުގެ ތަޚުތަށް އަތްގަދަ ކުރަމުންދާތީ ސީދާ ވޯޓް ކަރުދާހަކުން ބާޣީ ފަހާލުމަށް ތައްޔާރު ވުމުގެ ގޮތުންނެވެ. އެގޮތުން ނަޑެއްލާގެ ޒުވާނުންނާއި ގޮފިތަކާއި ފޯކަލް ޕޮއިންޓްގެ އަމާޒަކީ 2008 ގެ ރިޔާސީ އިންތިހާބުގައި ނަޑެއްލާއިން ރައީސް ނަޝީދަށް ލިބިވަޑައިގަތް ވޯޓުގެ 3 ގުނަ އިތުރު ވޯޓް ރަޢީސް ނަޝީދަށާއި އެމްޑީޕީއަށް ހޯދައި ދިނުންކަމުގައި އެފަރާތްތަކުން ބުނަމުންދެއެވެ.

ނަޑެއްލާ އެމްޑީޕީ އަރުގެ އަދި އޮފީސް އިމާރާތް ނިންމާ އެތަނުގެ ހިދުމަތް އެމްޑީޕީގެ ލޮބިވެތި މެމްބަރުނަށް ކުރިޔަށް އޮތް ހަފްތާތެރޭގައި ލިބޭނެ ކަމުގައި ނަޑެއްލާ އެމްޑީޕީ ގޮފިތަކުން ބުނެއެވެ.

ނަޑެއްލާ އަކީ ދުވަހަކަށް ވުރެ ދުވަހެއް އެމްޑީޕީ ގެ ހަރަކާތްތައް ފުޅާވެ ކުރިއަރަމުން އަންނަރަށެކެވެ. ނަޑެއްލާގައި މިހާރު އެމްޑީޕީގެ 3 ގޮފި ހަރަކާތްތެރިވެއެވެ.