ބާޣީ ސަރުކާރާ ދެކޮޅަށް ފުވައްމުލަކުގައި ވެހިކަލްބުރެއް ބާއްވައިފި

410

“އިންސާފުގެ ދަތުރު”މިނަމުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ސަޕޯޓަރުން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖުގެ ސިލްސިލާ ތަކުގެ ތެރެއިން ފުވައްމުލަކުގައި އެމްޑީޕީގެ ވަރަށް ގިނަ ޢަދަދެއްގެ މެމްބަރުން މިއަދު ވެހިކަލް ބުރެއް ބާއްވައިފިއެވެ.

މިއަދު ހަވީރު 4.30 ގައި އެމްޑީޕީ ފުވައްމުލަކުއޮފީސް ކުރިމަތިން ފެށި، މި ވެހިކަލް ބުރުގެ ބައިވެރިން ވަނީ މިހާރު މިއޮތް ބާޣީ ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައެވެ. އަދި ފުވައްމުލަކަށް އުފަން، ބާޣީ ސަރުކާރުގެ ހޯމްމިނިސްޓަރ ޖަމީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އޭނާގެ އިސްތިއުފާއަށްވެސް ވެހިކަލްބުރުގެ ބައިވެރިން ވަނީ ގޮވާފައެވެ.

މިދިޔަ ފެބްރުއަރީމަހު 7 ވަނަ ދުވަހުންފެށިގެން ފުވައްމުލަކުގައި ބާޣީ ސަރުކާރާ ދެކޮޅަށް ކޮންމެ ދުވަހަކުވެސް ސިލްސިލާ ޙަރަކާތްތައް ދަނީ ހިންގަމުންނެވެ.