ހޮޔޮވިސްނިގެން ބާޣީ ވަހީދު މަޤާމުން އިސްތިޢުފާދެއްވާނެކަމަށް ޤަބޫލުކުރައްވާކަމުގައި ޒާހިރު އާދަމް ވިދާޅުވެއްޖެ

216

ރާއްޖެއަށް ގެނެވުނު ނުރައްކާތެރި ބަޣާވާތުގައި، ސަލާމަތީ ބާރުތަކުގެ އެހީތެރިކަމާއެކު ތަހުތަށް އިސްވި ބާޢީވަހީދު، ޤާނޫއަސާސީ އެއްކޮޅުން އަނެއްކޮޅަށް ވިދާޅުވެފަައ ތިމަން މަނިކުފާނު މިހުންނެވުނީ ރަނގަޅު މަޤާމެއްގައި ނޫންކަން ޤަބޫލުކުރެވި ވަގުތުން މަޤާމުން އިސްތިޢުފާދެއްވާނެކަން ޤަބޫލުކުރައްވާކަމުގައި ގައްދޫ ދާއިރާގެ މެމްބަރު ޒާހިރު އާދަމް ވިދާޅުވެއްޖެއެވެ.

މީގެއިތުރުން ގައްދޫއާއި ގައްދޫ ކައިރިރަށްރަށް ކަމުގައިވާ ގެމަނަފުށި، ކަނޑުޅަދޫ، ވާދޫ ، ފަރެސް މާތޮޑާއިން އެމްޑީޕީއަށް މެޖޯރިޓީ ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން ޖަލްސާ އަށް ވަޑައިގެންނެވި ފަރާތްތަކަށް އެރުވިއެވެ.

އަދި އަބަދުވެސް ހުންނަވާނީ އެމް ޑީ ޕީ ގައި ކަމަށާއި އެމްޑީ ޕީ ސަރުކާރަކީ ރައްޔިތުންނަށް ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލި ޕާޓީ އެއްކަމަށާއި އެކަން ތަޖުރިބާ ކުރެވިފައިވާކަމަށް ޒާހިރު އާދަމް ވިދާޅުވިއެވެ. މިކަމުން މިސާލު ޖައްސަވަމުން ފާއިތުވި ދެމަސް ދުވަހުވެސް ޒާހިރަށް އެހީއަށް އެދި ލިބިފައިވަނީ އެންމެ ދެސިޓީކަމަށާއި، މިކަމުންވެސް އެކަން ސާބިތުވާކަމަށް ވިދާޅުވިއެވެ.

ޒާހިރު އާދަމްގެ އިތުރުން މުހައްމަދު ޢާމިރު( ފަރެސް އާމިރު) އާއި ގައްދޫ ދާއިރާގެ ރައީސް އަހުމަދު ޒާހިރުއާއި މުހައްމަދު ޝަރީފު (ވިލނގިލި ޝަރީފް) ގެ ވާހަކަފުޅުގައި ބާޢި ވަހީީދުގެ ސަރުކާރާއި މެދު ހުރި ހިންހަމަނުޖެހުންތައް ފާހަގަކުރައްވައި، ބާޣީ ވަހީދުގެ ވަގުތުން މަގާމުން ދުރުވުމަށާއި ބާޣީ ސަރުކާރެއް ދުވަހަކުވެސް އެބޭފުޅުންނަށް ގަބޫލުފުޅު ނުކުރެއްވޭނެކަން ހާމަކުރައްވައި ސަރުކާރު ބަދަލު ވިގޮތުގެ ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވިއެވެ.

އެމް ޑީ ޕީ ގައްދޫ ދާއިރާއިން ބޭއްވި ޖަލްސާގައި ބާޣީ ވަހީދުގެ ސަރުކާރު ޤަބޫލުނުކުރާ 700 އާއި 800 ދެމެދުގެ ގައްދޫ ، ވާދޫ އަދި ފަރެސްމާތޮޑާގެ ރައްޔިތުން ބައިވެރިވިއެވެ.