އަދާލަތު ޕާޓީގެ ވެލިދޫ ގޮފި އެމްޑީޕީއާ ގުޅިއްޖެ

mdp-insaafuge-dhathuru

އަދާލަތު ޕާޓީގެ އިސްވެރިން ވިޔަފާރި ވެރިންނަށް ވިކި ވިޔަފާރިވެރިން ބުނާގޮތަށް ދީނީ ފަތުވާތައް ދެމުން ގެންދާތީ އެޕާޓީގެ ވެލިދޫގޮފި އެމްޑީޕީއާއި ގުޅިއްޖެއެވެ.

ރޭ ރާޅުގަނޑު ސަރަހައްދުގައި ވާހަކަ ދައްކަމުން އަދާލަތު ޕާޓީގެ ވެލިދޫ ގޮފީގެ ކުރީގެ ނައިބު ރައީސް ވިދާޅުވީ ރޭ އެގޮފީގެ ނައިބު ރައީސްއާއި ހަޒާންދާރު އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު ވެލިދޫގައި ތިބި އަދާލަތު ޕާޓީގެ ގިނަ ބަޔަކު މިހާރު އެމްޑީޕީއަށް ސޮއިކޮށްފައިވާކަމަށެވެ. އަދި ވެލިދޫއިން މިހާރު ޢަދާލަތު ޕާޓީގެ ދިހަ މެންބަރުންވެސް ނުނެރެވޭނެކަމަށް އެމްޑީޕީއަށް ރޭ ސޮއިކުރި ޢަދާލަތު ވެލިދޫ ގޮފީގެ ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކަންކޮޅުތަކުން އެމްޑީޕީއަށް ގިނަ ޢަދަދެއްގެ މެންބަރުން ވަންނަމުން ދާއިރު އޭގެތެރޭގައި ނިސްބަތުން ޢަދާލަތު ޕާޓީގެ މެންބަރުން ގިނަކަން ފާހަގަކުރެވެއެވެ. އަދި 2008 ވަނަ އަހަރު މައުމޫންގެ ވެރިކަން ބަދަލުކުރުމަށް ނިކުތީ ވަކި މީހަކު ބުނެގެންކަމަށާއި މިހާރުވެސް އަދާލަތު ޕާޓީން ކަންކުރަމުން ގެންދަނީ އޭނާގެ އިރްޝާދުގެ ދަށުންކަމަށް އަދާލަތު ޕާޓީން ބުނުމުން، އެ ޕާޓީގެ މަގުބޫލުކަން ގެއްލި، އެ ޕާޓީއަކީ ވިޔަފާރިވެރިން ގަނެފައި އޮތް ޕާޓީއެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.