އެމްޑީޕީގެ އިންސާފުގެ ދަތުރު ދޯނި ބުރުގައި ގިނަ ބަޔަކު ބައިވެރިވެއްޖެ

18.28 އެމްޑީޕީގެ ސުލްޙަވެރި ކަނޑުމަތީގެ އިޙްތިޖާޖު ކާމިޔާބު ކަމާއެކު ނިންމާލައިފި. މުޅި އެމްއެންޑީއެފް ނިކުމެ ޖުމްހޫރީ މައިދާނުގައި އެލަރޓްގައި ތިބި ކަމަށް އެމްޑީޕީގެ ރިޕޯޓަރުން ބުނޭ. އެތަނުން މިލިޓަރީ ވެރިކަމުގެ ސިފަ ވަރަށް ރަގަޅަށް ފެނުނު ކަމަށް ވެސް ރިޕޯޓަރުން ބުނޭ

18.25 ކަނޑުމަތީ ކުރެވުނު ފުރަތަމަ އިޙްތިޖާޖް ނިންމާލުމަށް ފަހު ދޯނިތައް ބައިވެރިން ގޮވައިގެން ޓީ ޖެޓީއަށް ވަންނަމުން އެބަދޭ

63

18.20 ދަތުރުގެ ބައިވެރިން ނަމާދު ގަޑި ކައިރިވާތީ ޓީ ޖެޓީއާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް މަޢުލޫމާތު ލިބޭ

18.17 އެއް ދޯނި މިހާރު އޮތީ އެއް ނަންބަރު ޖެޓީއާ ވަރަށް ކައިރީގައި. އަދިވެސް ދަތުރުގެ ބައިވެރިން މަސައްކަތް ކުރަނީ އެއް ނަންބަރާ ދިމާލުން ދަތުރު ނިންމާލުމަށް އެ ސަރަހައްދުގެ ފަޅަށް ވަންނަން

18.15 ދަތުރުގެ ބައިވެރިންގެ ގަޔަށް ލޮނުޖެހުމަށް އެމްއެންޑީއެފުން ތައްޔާރުވަމުންދާ ކަމަށް ޚަބަރު ލިބޭ

55

18.13 އިންސާފުގެ ދަތުރުގައި ހިމެނޭ 5 ދޯނި ވެސް މަސައްކަތް ކުރަމުންދަނީ އެއް ނަންބަރު ޖެޓީއަށް ގާތްކުރެވޭތޯ. އަދި ވަދެވޭ ގޮތެއް ނުވޭ

18:05 ބާޣީ ވަޙީދުގެ އިސްތިއުފާގެ އަޑު ދޯނިތަކުން ވަރަށް ގަދައަށް އިވެމުން އެބަދޭ. އެމްއެންޑީއެފް ކޯސްޓްގަރޑް ވެސް މަޑުމަޑުން ދޯނިތަކުގެ ފަހަތުން އެބަދޭ

18.00 އެއް ނަންބަރު ޖެޓީ ބޭރުގައި 3 ކޯސްޓްގަރޑް ޙަރަކާތްތެރިވަމުން އެބަދޭ. އެމްއެންޑީއެފްގެ ކޮޅުވެއްޓި އެއްވެސް ނިކުމެއްޖެ

17.55 ދަތުރުގެ ބައިވެރިން ދަތުރު ނިންމުމަށް ވަންނާނީ އެއް ނަންބަރު ޖެޓީއާ ދިމާލުން ކަމަށް ޚަބަރު އެބަލިބޭ

17.50 ދަތުރުގެ ބައިވެރިން ލޮނުޒިޔާރަތްކޮޅާ ދިމާލުގައި، މިހާރު ސިފައިން ފެންނަން ނެތް ކަމަށް އަޅުގަނޑުމެންގެ ރިޕޯޓަރުން ބުނޭ

17.40 ދަތުރުގެ ބައިވެރިން މިހާރު ތިބީ ރައީސް އޮފީހާ ދިމާ ބޭރުގައި. ފުލުހުންގެ ލޯންޗެއް އެ ދަތުރަށް ހުރަސް އެޅުމަށް ކުރިބައްދަމުންދޭ،

312
17.35 ކޯސްޓްގާރޑާއި ޕޮލިސް ލޯންޗް 1 ނަންބަރު ކައިރީގައި އެލަރޓް ގައި ތިބި އިރު އެމެއެމްއޭ ކައިރިވަނީ މުޅިން ބަންދުކޮށްފަ.

17.30 ޓީ ޖެޓިގައި ތިބި އެންމެން އައިޖީއެމްއެޗާ ދިމާލުން ބޭރު ތޮށިގަނޑު މަތީގައި ދޯނި ބުރަށް ތާޢީދުކޮށް އެ އިޙްތިޖާޖުގައި ބައިވެރިވަމުން އެބަދޭ

17.20 މިހާރު 5 ދޯނި ނައްޓާލައި، އައިޖީއެމްއެޗާ ދިމަ ބޭރުން އުތުރަށް ދަތުރުކުރަމުން އެބަދޭ. އެމްޑީޕީ ލަވަތައް ޖަހައި، ބާޣީ ވަހީދުގެ އިސްތިއުފާއަށް ވެސް ގޮވަމުން އެބަދޭ. މި އިންސާފުގެ ދަތުރުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުން އެބަދޭ. އަދި ދޯނިތަކުން ޖާގަ ނުލިބި ޓީ ޖެޓީގައި ވެސް ވަރަށް ގިނަ މީހުން އެބަތިބ

112

17.10 އެމްޑީޕީގެ ދިދަ ތަކާއި ބެނާރތަކާއި ޕްލަކާރޑްތައް ހިފައިގެން މިހާތަނަށް 3 ދޯންޏެއް ނައްޓާލައިފި

17.00 އިތުރު ދޯންޏެއް އަނެއްކާ ވެސް ނައްޓާލައިފި

16.50 ގިނަ އަދަދެއްގެ ބަޔަކު ގޮވައިގެން ފުރަތަމަ ދޯނި ޓީ ޖެޓީން ނައްޓާލައިފި