09.05: އިޙްތިޖާޖުގެ ބައިވެރިން، އިޙްތިޖާޖު ނިންމާލުމުގެ ގޮތުން މަޖީދީ މަގުން، ބޮޑުތަކުރުފާނު މަގުން ގޮސް މިހާރު ތިބީ އިންސާފުގެ މައިދާނުގައި.
މަޖިލިސް ކައިރިދޫކޮށް ސޯސަން މަގުން އައިސް ވީޓީވީ ކައިރީގައި ޝުއޫރު ފާޅުކުރަމުން އެބަގެންދޭ. އަދި ބާޣީ ޓީވީ އުވާލާ ވެސް ގޮވަމުން އެބަދޭ
8.20 ފޮރިންގ މިނިސްޓްރީ ކައިރީގައި ތިބި އަންހެނުން ވެސް މަޖިލިސް ދޮށުގައި ކުރަމުންދާ އިޙްތިޖާޖާ ގުޅިއްޖެ. މިހާރު ފޮރިންގ މިނިސްޓްރީ ކައިރީގައި ވެސް ފިރިހެނުން ދަނީ އިޙްތިޖާޖް ކުރަމުން
08:15: އެމްޑީޕީ އަންހެނުންގެ އިޙުތިޖާޖާ ފިރިހެނުން ވެސް ގުޅިއްޖެ. ފިރިހެނުން އިޙްތިޖާޖު ކުރަނީ ޓްރޭޑަރސް ކައިރީގައި. އަންހެނުން މަޖިލިސް ކައިރީގައާއި ފޮރިންގ މިނިސްޓްރީ ކައިރީގައި
06:21 މިހާރު ނަމާދު ވަގުތަށް ޝުޢޫރުފާޅުކުރުމާއި ލަވަޖެހުން ވަނީ ހުއްޓާލާފަ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ ނަމާދަށް ގޮސްފައި. އެއްބަޔަކު ތިބީ ފޮރިންގ މިނިސްޓްރީ ކައިރީގައި އިށީނދެލައިގެން. އެ ސަރަހައްދުގައި ވެސް ވަރަށް ގިނަ ބަޔަކު އެބަތިބި
05:55 އިހްތިޖާޖުގެ ބައިވެރިން މިހާރު މެދުޒިޔާރަތް މަގާއި ސޯސަން މަގު ގުޅުނު ހިސާބުގައި ދެ މަގަށްވާ ގޮތަށް އިށީނދެއްޖެ. ރައީސް ނަޝީދަށް ތަޢުރީފްކޮށް ހަދާފައިވާ ލަވައާއި، ބަޣާވާތާއި ދެކޮޅު ލަވަ ޖަހައި ޝުއޫރުފާޅުކުރަމުން އެބަދޭ. ގިނަ އަދަދެއްގެ ފިރިހެނުން ވެސް އަންހެނުންގެ ފަހަތުން ހަރަކާތްތެރިވޭ. މި ސަރަހައްދަށް އައީ ވީޓީވީ ދޮށުގައި ޝއުޢޫރު ފާޅުކުރުމަށް ފަހު
05:40 ސޯސަން މަގުން އައިސް މިހާރު ވީޓީވާ އަރާ ހަމަވެއްޖެ
05:35 މިހާރު ސޯސަން މަގު 4 އަނގޮޅިއާ ހިސާބުގައި. ވަރަށް ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ދަނީ މި އިޙްތިޖާޖާ ގުޅެމުން. އަދި މި އިޙްތިޖާޖަކީ ދިގުދެމިގެންވާ އިޙްތިޖާޖެއް ކަމަށް ވެސް މައުލޫމާތު ލިބޭ
05:19 މިހާރު ބައިވެރިން ތިބީ އަތަމާ ޕެލަސް އާ ހިސާބުގައި
05:12 ބާޣީ ވަޙީދުގެ ސަރުކާރުގެ އަނިޔާވެރިކަމާއި، އެ ސަރުކާރާއި ދެކޮޅު ބެނާރތަކާއި ޕޯސްޓަރުތައް ހިފައިގެން އެތައް ހާސް އަންހެނުން މުޒާހަރާ ކުރާއިރު، އެމީހުންގެ ފަހަތުގައި ގިނަ އަދަދެއްގެ ފިރިހެނުން ވެސް އެބަތިބި
05:10 މުޒާހަރާގެ ބައިވެރިން މިހާރު މަޑުކޮށްގެންތިބީ އަގޯރާ ކައިރީގައި
05:06 އެއްވުމުގެ ބައިވެރިން އަދި ކުރިޔަށްދަނީ މަޖީދީ މަގުން ހުރި ގޮތަށް އިރަށް
05:00 އިޙްތިޖާޖުގެ ބައިވެރިން މިހާރު ތިބީ ޗާންދަނީ މަގާ މަޖީދީ މަގު ގުޅޭ ހިސާބުގައި. އެމީހުން ގޮވަމުންދަނީ ކޮބާ ކޮބާ މަގޭ ވޯޓު، އަނިޔާކުރުން ހުއްޓާލާ.. ބާޣީ ވަހީދު ފައިބާ!
04:47: މި އެއްވުމުގައި ވެސް އެމްޑީޕީން ގޮވަމުންދަނީ އަނިޔާކުރުން ހުއްޓާލުމަށާއި، އަވަސް އިންތިޚާބަކަށާއި، ބާޣީ ވަޙީދުގެ އިސްތިއުފާއަށް.
އެމްޑީޕީ އަންހެނުންގެ އިޙްތިޖާޖް.. ފޮޓޯ: ޙިސާން/ޓްވިޓަރ
04:45 އެމްޑީޕީގެ ޗެއަރޕާސަންކަން ކުރެއްވި އަދި ވިމެން އޮފް ކަރޭޖްގެ ޝަރަފް ފުރަތަމަ ހޯއްދެވި މާރިޔާ އަޙުމަދު ދީދީ އެމްޑީޕީގެ އަންހެން މެންބަރުންނަށް ތަހުނިޔާ ވިދާޅުވެއްޖެ.
“ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާޞަބަތުގައި ހުރިހާ އަންހެނުންނަށް މަރުހަބާ ދަންނަވަމެވެ. ޚާއްޞަ ގޮތެއްގައި މި ދިވެހިރާއްޖެ ޑިމޮކްރަސީގެ ހަމަމަގަށް އެޅުވުމަށާއި، ދިވެހި ސިފައިންނާއި ފުލުހުންނާއި، މި ބަޣާވާތުގެ ސަރުކާރުގެ އަނިޔާވެރިކަމުން ދިވެހި އުއްމަތް ސަލާމަތްކުރުމަށްޓަކައި ހިއްވަރާއެކު ބުރަކޮށް މަސައްކަތްކުރާ އެންމެހާ ދިވެހި އަންހެނުންނަށް މަރުހަބާ ދަންނަވަމެވެ.
ދިވެހި އަންހެނުންގެ މި މަސައްކަތަށް މާތް ﷲ ހެޔޮ ތައުފީޤް ދެއްވާށިއެވެ! އާމީން” … މާރިޔާގެ ތަހުނިޔާގެ މެސެޖް
04:37 އެމްޑީޕީގެ އަންހެން މެންބަރުންގެ ސުލްހަވެރި އިޙްތިޖާޖް ދާދި ދެންމެ އަކު، ސޯޝަލް ސެންޓަރު ކުރިމަތިން ފެށިއްޖެ. އެމްޑީޕީ އަންހެން މެންބަރުންގެ މި އިޙްތިޖާޖަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށާއި، ބާޣީ ސަރުކާރުގެ ސިފައިންނާއި ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ބާއްވާ އިޙްތިޖާޖެއް