އިޢުލާން: ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އާއި ބެހޭ

MDP/2012-010

mdp-logo1

ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ މާދަމާ، 8 މާރޗް 2012 ވާ ބުރާސްފަތި ދުވަހު 1600 އިން 2200 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް (ކެންޑިޑޭޓް ނަންބަރު ތަރުތީބުން) ތިރީގައި މިވަނީ އެވެ.

1. މުޙައްމަދު މުސްޠަފާ / މ. ސީވޯލް، މާލެ ސިޓީ
2. އަޙުމަދު ޝަފީޤު / ހ. ރޭޑިއަންޓް، މާލެ ސިޓީ
3. ޢަބްދުލް ރަޝީދު ޢަބްދުﷲ / ދަފްތަރު ނަންބަރު 1397، މާލެ ސިޓީ

ކޮންމެ ކެންޑިޑޭޓަކަށް ވެސް އެ ކެންޑިޑޭޓެއްގެ މަންދޫބުންގެ ގޮތުގައި، ކޮންމެ ވޯޓު ފޮއްޓަކަށް އެއް ބޭފުޅަކު، މާދަމާ މެންދުރުފަހު 2.00 ގެ ކުރިން އައްޔަންކުރެވިދާނެއެވެ. ކެންޑިޑޭޓުންގެ މަންދޫބުންގެ ފުރިހަމަ މަޢުލޫމާތު ފޮނުވަންވާނީ ލިޔުމަކުން އެމްޑީޕީގެ މައި އޮފީސް (ހ.ޝަރާޝާ، މާލެ ސިޓީ) އަށެވެ. މިކަމަށް ކެންޑިޑޭޓުންގެ ފަރާތުން ހުށަހަޅާ ލިޔުންތައް ފެކްސް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ފެކްސްކުރައްވާނަމަ މި ޕާޓީގެ ސެކްރެޓޭރިއަޓްގެ ފެކްސް ނަންބަރު 3322960 އަށް ފެކްސް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނީelections@mdp.org.mv އަށެވެ.

މި އިންތިޚާބުގައި ވޯޓުލާ ފޮށިތައް ބެހެއްޓިފައިވާ ތަންތަން ތިރީގައި މިވަނީ އެވެ.

1. މާލޭގައި ތިއްބެވި ތިމަރަފުށީ ދާއިރާގެ އެމްޑީޕީ މެންބަރުން ވޯޓުލާނީ ރާޅުގަނޑު ސަރަހައްދުގައި ހުންނަ އެމްޑީޕީ އަންހެނުންގެ ރޫޙްގެ ޖަގަހައިގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށެވެ.
2. ތ.ތިމަރަފުށީގައި ބަހައްޓާ ވޯޓު ފޮށި ހުންނާނީ ތިމަރަފުށީ ކައުންސިލް އިދާރާ ކައިރީގައި ހުންނަ ހަޓްގައެވެ.
3. ތ.ގުރައިދޫގައި ބަހައްޓާ ވޯޓުފޮށި ހުންނާނީ ގުރައިދޫ އޯލްޓޭސްޓް ގައެވެ.
4. ތ.ގާދިއްފުށީގައި ބަހައްޓާ ވޯޓުފޮށި ހުންނާނީ ގާދިއްފުށީ ސްކޫލް ގައެވެ.

ވީމާ މި ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

7 މާރޗް 2012

-ސެކްރެޓޭރިއަޓް –