އެމްޑީޕީ މެންބަރުން މަޖީދިއްޔާ ކައިރީގައި

dsc04823

12:09: މެންދުރު ނަމާދު ވަގުތަށް އިޙްތިޖާޖު މެދުކަނޑާލައިފި. އެއްވުން މެދުކަނޑާލީ މެންދުރުފަހުން އެ ސަރަހައްދަށް އެއްވާނެ ކަމަށް ބުނެ. އެއްވުމުގައި ގާތްގަނޑަކަށް 200 އެއްހާ މީހުން ބައިވެރިވޭ. މި އެއްވުމަކީ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުން ކުއްލިއަކަށް ބޭއްވި އެއްވުމެއް

11:50: ކުރިން ހުސް ފިރިހެން ތިބި ނަމަވެސް ފަހުން އަންހެނުން ވެސް ވަނީ މި އިޙްތިޖާޖާ ގުޅިފަ. އިޙްތިޖާޖުގައި ބާޣީ ސަރުކާރާ ދެކޮޅަށް އެކި ޝުއޫރުތައް ފާޅުކުރަމުން އެބަދޭ. އެ ގޮތުން އަވަސް އިންތިޚާބަކަށާއި، ބާޣީ ވަޙީދުގެ އިސްތިއުފާއަށް ވެސް އެބަގޮވާ.

dsc04843

11:30: ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ، އިހްތިޖާޖުގެ ބައިވެރިންނާ ގުޅިވަޑައިގެންފި

10:45: އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވެސް އެބަތިބި. އޭގެ ތެރޭގައި ބޮންޑަ، އިންތި އަދި ގަސަމް ހިމެނޭ

10.15: އެމްޑީޕީ ސަޕޯޓަރުން މަޖީދިއްޔާ ކައިރީގައި ސުލްހަވެރިކަމާއެކު މަޑުކޮށްގެން އެބަތިބި. އެއް ވެސް ހަމަނުޖެހުމެއް ނުހިނގާ. 7 ވަރަކަށް ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވޭ

dsc04824

9.50: އެމްޑީޕީގެ ބައެއް މެންބަރުން ރައީސް އޮފީސް ކައިރީގައި އިޙްތިޖާޖް ކުރުމަށް އިންސާފްގެ މައިދާނުން ނައްޓާލައިފި