އިޢުލާން: ރައްޔިތުންގެ މަޖިލިހުން ހުސްވެފައިވާ ތިމަރަފުށީ ދާއިރާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އާއި ބެހޭ

MDP/2012-009

mdp-logo-150-x-157

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 14 އޭޕްރީލް 2012 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސުމާ ގުޅިގެން މިޕާޓީން ކޮށްފައިވާ، ނަމްބަރު MDP/2012-008 (2 މާރޗް 2012) އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބަށް ވާދަކުރުމަށްޓަކައި ކެންޑިޑޭޓަކު ހޯދުމަށް އެމްޑީޕީ އިން ބޭއްވުމަށް މީގެ ކުރިން ހަމަޖައްސާފައިވާ ޕްރައިމަރީގެ ތާރީހް ބަދަލުކޮށް ދެން ޕްރައިމަރީ ބާއްވާ ތާޜީހަކީ 08 މާރްޗް 2012 ވާ ބުރާސްފަތި ދުވަސް ކަމުގައި ހަމަޖައްސާފީމެވެ.

ވީމާ މިއިންތިހާބަށް ކެންޑިޑެންސީ ހުށަހަޅާފައިވާ ފަރާތްތަކުން އިންތިހާބަށް ވާދަކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކޮށް އެމްޑީޕީގެ ސެކްރެޓޭރިއަޓްއަށް 10 މާރޗް 2012 ވާ ހޮނިހިރު ދުވަހުގެ 1600ގެ ނިޔަލަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ކެންޑިޑޭޓުންގެ ފަރާތުން ހުށަހަޅާ ލިޔުންތަކާއި ތަކެތި ފެކްސް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ފެކްސްކުރައްވާނަމަ މި ޕާޓީގެ ސެކްރެޓޭރިއަޓްގެ ފެކްސް ނަންބަރު 3322960 އަށް ފެކްސް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނީelections@mdp.org.mv އަށެވެ.
ވީމާ، މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.

07 މާރޗް 2012

-ސެކްރެޓޭރިއަޓް –