އެމްޑީޕީގެ އަންހެން މެންބަރުން ކުރި ސުލްހަވެރި އިޙްތިޖާޖް ރޫޅާލީ، އެ މެންބަރުން ރައީސް އޮފީހަށް ސިޓީ ހުށަހަޅަން ގޮސް ސުލްހަވެރިކަމާއެކު އިށީނދެ ތިއްބައި ފުރަތަމަ ލޮނުފެން ޖެހުމުން ވެސް އަންހެން މެންބަރުން ދުރަށް ނުދިއުމުން ރާއްޖެ ޓީވީގެ ސިގްނަލް މެދު ކެނޑުނު ވަގުތު އަންހެން މެންބަރުންގެ ގައިގައި ކޮޅުފައިންތަޅައި، ބުރުގާ ބާލުވައި، ބޮޑެތި އަނިޔާތަކެއް ދީގެން ކަމަށް އެ ސަރަހައްދުން މަޢުލޫމާތުދޭ.
މުޒާހަރާ ކުރާ މީހުން ފަހަތަށް ޖައްސާފައިވާ ނަމަވެސް “ޓްރޭޑާސް ކައިރީގައި އަދިވެސް ވަރަށް ގިނަ އަންހެނުން މުޒާހަރާ ކުރަމުންދާ” ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު ރުގިއްޔާ މުޙަންމަދު ވިދާޅުވެއްޖެ
ބާޣީ ސަރުކާރާ ދެކޮޅަށް އަންހެނުންކުރާ އިޙްތިޖާޖު މިހާރު ކުރިޔަށްދަނީ ވެލާނާގެ ކައިރީގައި. އަދިވެސް ގިނަ ބަޔަކު މުޒާހަރާގައި ބައިވެރިވޭ.
ރާއްޖެ ޓީވީ ސިގްނަލް ކަނޑާލުމަށް ފަހު އަލުން ސިގްނަލް ލިބިއްޖެ. ރައީސް އޮފީސް ކައިރިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތުތަކެއް ވެސް ދަނީ ލިބެމުން
އިޙްތިޖާޖް ކުރަމުންދިޔަ އަންހެނުންގެ ގަޔަށް ހައި ޕްރެޝަރުގައި ފެންޖަހައި އެ ސަރަހައްދުން މީހުން ދުރަށް ޖައްސައިފި. އެހެން ނަމަވެސް އަދި ވެސް އެއްބަޔަކު އެ ސަރަހައްދުގައި އެބަތިބ
ބައެއް އަންހެނުންނަށް ފުލުހުން އަނިޔާކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބޭ.
އެއްވެފައިވާ އަންހެނުންނާ ދިމާލަށް މިހާރުޕްރެޝަރުގައި ލޮނު ފެންޖަހަން ފަށައިފި. އަދިވެސް ގިނަ ބަޔަކު ތިބީ އިށީނދެގެން.
ބާޣީ ވަހީދު އިސްތިއުފާދިނުމަށް އެދި ލިޔެފައިވާ ސިޓީތައް ރައީސް އޮފީހާ ހަވާލުކުރަމުންދާ ކަމަށް މަޢުލޫމާތު ލިބޭ
ފިރިހެނުން ވެސް މިހާރު އެ ސަރަހައްދަށް ޖަމާވަމުންދާ ކަމަށް ޚަބަރު ލިބޭ. އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ މެންބަރު އާނިޔާ އާއި އިތުރު ދެ އަންހެން މެންބަރަކު ރައީސް އޮފީހަށް ވަދެފައިވާ ކަމަށް ވެސް މައުލޫމާތު ލިބޭ
އެ ސަރަހައްދު ދޫކޮށްދިއުމަށް ފުލުހުން އިންޒާރު ދެމުން އެބަދޭ. އެހެން ނަމަވެސް އަންހެނުން ހަމަ ސުލްހަވެރިކަމާ އެކު އިށީނދެ ތިބީ
އިތުރު ފުލުހުން ބަންޑާރަކޮށި ކައިރިއަށް ޝީލްޑްތަކާ އެކު ޖަމާވެއްޖެ
ރައީސް އޮފީސް ގޭޓު ދޮށުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުން އެ ސަރަހައްދު ދޫކޮށް ހިނގައްޖެ. އަދި ވެސް އަންހެނުން އިށީނދެ ތިބެ ” ބާޣީ ވަހީދު އިސްތިއުފާ” އާއި “ކޮބާ ކޮބާ މަގޭ ވޯޓު” ގޮވަމުން އެބަދޭ
ބާޣީ ވަހީދާ ބައްދަލުކުރުމަށް އެއްވެފައިވާ އަންހެނުންގެ ތެރެއިން ބަޔަކު އެޕޮއިންޓްމެންޓަކަށް އެދިފައިވާ ކަމަށް ޚަބަރު ލިބޭ
“ބާޣީ ވަޙީދު އިސްތިއުފާ” ގޮވަމުން އެބަދޭ. 4 ފުލުހަކު އެސަރަހައްދުގައި ހަރަކާތްތެރިވޭ
އިޙްތިޖާޖްކުރަމުންދާ އަންހެން މެންބަރުން ރައީސް އޮފީސް ކުރިމަތީ އިށީނދެއްޖެ. ހުރަވީ ބިލްޑިންގ ކުރިމަތިން ވަރަށް ގިނަ އަންހެނުން ރައީސް އޮފީހުގެ ދޮރާ 2 ފޫޓެއްހާ ކައިރީގައި އިށީނދެ އެބަތިބި
އިޙްތިޖާޖުގެ ބައިވެރިން މިހާރު މިސްރާބުހުރީ ރައީސް އޮފީހާ ދިމާލަށް ކަމަށް މައުލޫމާތު ލިބޭ. ވަރަށް ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވޭ
މުޒާހަރާގެ ބައިވެރިންގެ މިސްރާބު މިހާރު ބަދަލުވެފައިވާ ކަމަށް މައުލޫމާތު ލިބޭ
އެޗްއާރުސީއެމްގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ފަހު އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އާއި ރައީސް ނަޝީދުގެ ކެބިނެޓް މިނިސްޓަރުން ކަމަށްވާ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު އަދި ޓުއަރިޒަމް މިނިސްޓަރ މަރިޔަމް ޒުލްފާ ޗާންދަނީ މަގުގައި ތިބި އިޙްތިޖާޖްގެ ބައިވެރިންނާ ގުޅިއްޖެ
އެއްވެ ތިބި އަންހެނުންގެ ތެރެއިން މީހަކު ފުލުހަކަށް ފެންފުޅިއެއް ދީފި. އެ 2 ފުލުހުން ވެސް މަޑުމަޑުން އެއްވެ ތިބި މީހުންގެ މެދުން ހިނގައްޖެ. މިހާރު ފުލުހަކު ނެތް
އެޗްއާރުސީއެމް އިމާރާތުން ގިނަ އަދަދެއްގެ މުވައްޒަފުން ނިކުމެގެން ހިނގައްޖެ
އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ އެންމެ 2 ޓްރެފިކް ޕޮލިހުން
ޓީވީ މަސްއޫދު އެއްވެފައިވާ ސަރަހައްދަށް އައުމުން ހުރިހާ އަންހެން ބޭފުޅުން އަޑުއުފުލަން ފަށައިފި. މަސްއޫދު އަވަސް އަވަހަށް އެ ސަރަހައްދުން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބޭ.
އެމްޑީޕީގެ އަންހެން މެންބަރުން ހިއުމަންރައިޓްސް ކައިރީގައި އިޙްތިޖާޖުކުރަމަށް ޓަކައި ޗާންދަނީ މަގުގައި ސުލްހަވެރިކަމާއެކު އިޙްތިޖާޖްކުރަމުން އެބަދޭ
އެމްޑީޕީގެ ގިނަ ހަރަކާތްތެރިން ތަކެއް ސަލްޓަންޕާކުން ނުކުމެގެން ގިނަ ބަޔަކު ސިޓީތަކެއް ހިފައިގެން ހިއުމަން ރައިޓްސް ކޮމިޝަނަށް ދިއުމަށް ހިނގައިގެންފި .