އަވަސް އިންތިޚާބެއް ބޭއްވުމަށާއި، ވަގުތުން ވަގުތަށް އިސްތިއުފާދިނުމަށް ނ.މަގޫދޫ ކައުންސިލުން ބާޣީ ވަހީދަށް ގޮވާލައިފި

nmagoodhoo

އަވަސް އިންތިޚާބެއް ބޭއްވުމަށާއި، ވަގުތުން ވަގުތަށް އިސްތިއުފާދިނުމަށް ނ.މަގޫދޫ ކައުންސިލުން ބާޣީ ވަހީދަށް ގޮވާލައިފިއެވެ.

ނ.މަގޫދޫ ކައުންސިލުން އިއްޔެ ނެރުނު ގަރާރެއްގައިވާ ގޮތުން އެ ކައުންސިލުން ބާޣީ ވަހީދުގެ ސަރުކާރު ގަބޫލެއް ނުކުރެއެވެ. އަދި ބާޣީ ވަހީދުގެ ސަރުކާރުން ގަވައިދާ ޚިލާފަށް ހިފައި ހައްޔަރުކުރަމުންދާ ދިވެހި ރައްޔިތުންނަށް ދެމުންގެންދާ އަނިޔާތައް ހުއްޓާލުމަށާއި، ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައި ތިބި އެންމެން ވަގުތުން ދޫކޮށްލުމަށް މި ޤަރާރުގައި ބާޣީ ސަރުކާރަށް ގޮވާލާފައިވެއެވެ.

ނ.މަގޫދޫ ކައުންސިލްގެ ޤަރާރުވިދާޅުވުމަށް މި ލިންކަށް ފިއްތަވާލައްވާ