އެމްޑިޕީ އިން ބަޣާވާތާ ދެކޮޅަށް އިހުތިޖާޖުތަށް ބާއްވަންވީ ޖުމްހޫރީ މައިދާނުގައި ކަމަށް ބުނެ އެ މައިދާނަށް އެއްވުންތަށް ބަދަލު ކުރަން ފަށައިފި

އެމްޑީޕީ އިން ބަޣާވާތާ ދެކޮޅަށް ހިންގާ އިހުތިޖާޖްތަށް ބާއްވަންވީ ޖުމްހޫރީ މައިދާނުގައި ކަމަށް އެމްޑީޕީގެ ނާއިބްރައީސް ވިދާޅުވެއްޖެއެވެ. ސުނާމީބިނާ ސަރަޙައްދުގައި ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން އަލްޙާނުފަހުމީވިދާޅުވީ ހުސްވިމަހުގެ 07 ވަނަދުވަހު ރާއްޖޭގެ ފުލުހުންނާ ސިފައިންނާ ގުންޑާއިންގެ ބަޔަކު ގުޅިގެން މިހާރުގެ ބާޣީ ޑިފެންސް މިނިސްޓަރު އިސްވެހުރެ ޖުމްހޫރީމައިދާނުގައި ހިންގި ގާނޫނާޚިލާފް ޖަރީމާ ބަލާ އެފަރާތްތަކުގެ މައްޗަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅަފައި ނުވުމުން ބާޣީ ނާޒިމާ، ބާޣީ ރިޔާޒް ޖުމްހޫރީމައިދާނުގައި އެހިންގި ބަޣާވާތަކީ ބާޣީވަޙީދުއާ މަޝްވަރާކޮށް އެދެމީހުން ސިފައިންގެ ކޮންޓްރޯލްކޮށް ވެރިކަން ފޭރިގެންފިނަމަ އެދެމީހުން މިހާރު އަދާކުރަމުން އެދާ މަގާމު އެދެމީހުނަށް ދޭނޭކަމަށް ކަމަށް ބާޣީވަޙީދު ބުނެފައިވާ ކަމުގެ ކުލަގަދަ ހެއްކެކެވެ.އަލަހާނު ވިދާޅުވީ ޖުމްހޫރީމައިދާނަށް ނުކުމެ ގުންޑާއިންތަކަކާއެކު ގާނޫނީ ގޮތުން ބަޣާވާތްކުރުމަކީ ފުލުހުންނާ ސިފައިންނަށް ކުރެވޭނެ ކަމެއްނޫންކަމަށާ ޖުމްހޫރީ މައިދާނަކީ ރައްޔިތުން އެއްވާން ހަދާފައިވާ ތަނަކަށް ވީހިނދު އެތަނަށް އެއްވާ ރައްޔިތުންގެ ގަޔަށް ބޮލަށް ދިވެހިސަލާމަތީބާރުގެ ހަތިޔާރާ މައިމަރުކަޒް ޚިސާރުކޮށް ގެންތިބި ބާޣީންގެ ބަޔަކު އަރައިގަނެ އެކުރަމުންދާ އަނިޔާ ރައްޔިތުން ނުކުމެ ހުއަޓުވަން ޖެހޭނޭކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.