އިއުލާން: ބައި-އިލެކްޝަންތަކުގެ ޕްރައިމަރީގައި ވޯޓްލުމުގެ ޙައްގު ލިބިފައިވާމީހުންގެ ލިސްޓު އާއްމުކުރުމާއި ބެހޭ

mdp-logo

2012 މާރޗް 7 ވާ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޕްރައިމަރީ، އާއި2012 މާރޗް 7 ވާ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ޕްރައިމަރީ އާއި 2012 މާރޗް 10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހދ. ކުމުންދޫ ކައުންސިލްގެ ޕްރައިމަރީ އަދި ތ. ގާދިއްފުށި ކައުންސިލްގެ ޕްރައިމަރީގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު 2012 މާރޗް 04 ވީ އާދިއްތަ ދުވަހުގެ އެމްޑީޕީގެ ވެބްސައިޓްގައި ވަނީ އާއްމު ކުރެވިފައެވެ.

އާއްމުކުރެވިފައިވާ ލިސްޓާއި ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް ހުށައަޅަންބޭނުންވާނަމަ އެމްޑީޕީގެ ސެކްރެޓޭރިއޭޓަށް ލިޔުމުން 2012 މާރޗް 06 ވާ އަންގާރަ ދުވަހުގެ ކުރިން ޝަކުވާ ހުށައެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މި ޕްރައިމަރީތަކުގައި ވޯޓް ލެވޭނީ އިލެކްޝަން ކަމިޝަންގެ ދަފްތަރުގައި އެމްޑީޕީ ގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުން ކަމުގައިވެސް ދަންނަވަމެވެ.

ވީމާ، މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.