ބާޣީސަރުކާރުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށާ ގައުމީ ތަރައްގީއަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކާ ދެންއަންނަ ސަރުކާރަކުން ކުރަންޖެހޭ މަސައްކަތުގެ ގިޔަރު ދަތްގަނޑު ކޮޅުގައި އަޅުވަންޖެހޭނެ

ބޭރުގެ ބައެއް ޖަމާޢަތްތަކުން ރާއްޖޭގައި އަޅަމުންދާ ބައެއްފުލެޓްތަކާއި ހިންގަމުންދާ އެނޫންވެސް ތަރައްގީގެ ބައެއް މަޝްރޫޢްތަށް މަޑުޖައްސާލުމަށް އެޖަމާޢަތްތަކުން ނިންމައިފިއެވެ.

މީގެ އިތުރުން ރާއްޖެއަށް ރަންބިސް އަޅާ ކުކުޅުތަކަށް އަރުވާނޭ ދޮން ފަތުރުވެރިން އައުމުގެ ކަންކަން ވެސް ދަނީ މަޑުމަޑުން ފަނޑުވަމުންނެވެ. ރާއްޖޭގައި ހިންގާ ފަޅުކޮނުމުގެ އެތައް މަޝްރޫޢަކާ ބޯފެނާ ނަރުދަމާގެ ބައެއްމަޝްރޫޢު ތައްވެސް ދަނީ ހުއްޓަމުންނެވެ. އަދިހަމަ އެހެންމެ ބައިނަލް އަގްވާމީ ބޭންކްތަކާ ރާއްޖެއަށް އެހީދޭ ބައެއް ޖަމިއްޔާ ޖަމާޢަތް ތަކުން ވެސްދަނީ އެހީދިނުމާ ދެކޮޅު ހަދަމުންނެވެ.

ބާޣީވަހީދު ރާއްޖޭގެ ގާނޫނީސަރުކާރު ވައްޓާލުމަށްފަހު ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ކޮށްފައިވާ ބަޣާވާތަކީ ދުނިޔޭގެ އެއްވެސް ބަޔަކު ބަލައިގަންނާނޭ ކަމެއްނޫނެވެ. މިއަދު ރައްޔިތުންގެ ވެރިކަން ފޭރިގަނެގެން ތިއްބަވާށެވެ. ނިމުން ވަރަށް ހިތިވާނެއެވެ. ކޮންމެ ފެށުމަކަށް ވެސް ނިމުމެއް ވާފަދައިން މިބަޣާވާތަށް ވެސް ނިމުން އަންނާނެއެވެ. ރައްޔިތުން ގެޔަށްވަންނާނީ މިރާއްޖޭގެ ޑިމޮކްރަސީއަށްޓަކާ ފުރާނަ ދިޔަނަމަވެސް ފަރުވާލެއްނެތި ކުރަންޖެހުނު ކޮންމެކަމެއް ކުރުމަށްފަހު ބަޠަލުންގެ ގޮތުގައި ކަމަށް އެތައްހާސް ރައްޔިތުން އެދަނީ އަޑުއުފުލަމުންނެވެ.ބަނގުރާ ބޯންދީގެން ރައްޔިތުން މެރުމަށް ބާޣީ އަދި ކުލީފުލުހުން ނެރެ ހިންގަމުންދާ ލާދީނީ ކަންކަން ރައްޔިތުން އެދަނީ ވަރަށް ގާތުން ބަލަމުންނެވެ.

ބާޣީ ވަޙީދެވެ. މަނިކުފާނަކީ ރައީސުލް ޖުމްހޫރިއްޔާ ހަވާލުކުރައްވާ މަސައްކަތްތައް ކުރުމަށް އެމަނިކުފާނު އައްޔަން ކުރި މީހެއްކަން ހަނދުމަފުޅު ނެތީ ތޯއެވެ. ރައީސް ފޯނުކުރެއްވީމާ ފޯނު ނުނަގާ ހުރެ ރައީސް ނަޝީދު ތިމަންނާއާ ނުގުޅުއްވައޭ ކިޔައިގެން ބޯދަމާލެވޭނެކަމަށް ހީފުޅު ނުކުރައްވާށެވެ. ބަޣާވާތުގެ ހަގީގީ ކުލަ ޖެހިގެންދަނީ ބާޣީ ވަހީދުގެ ކިބައިންނެވެ. ރައީސް ނަޝީދުގެ ފުރާނަ ދުއްވާލައިގެންވެސް ވެރިކަން ފޭރިގަތުމަށް ނިންމާފައިވާކަން ގިނަ މަންޒަރާ އަޑުތަކުން ދަނީ ދުނިޔެއަށް ހާމަވަމުންނެވެ. ލޮބުވެތި ރައްޔުތުންނޭ މިގައުމު ބަނޑަށް ނުޖެހެނީސް މިގައުމުގެ ހުންގާނު އަތުގައި ޖެހޭތޯ ކުރެވެން ހުރި ހުރިހާމަސައްކަތް ކުރުމަށް ހިތްވަރާ ކެތްތެރިކަމާ އެކު ނުކުންނަވާށެވެ. ގެއްލުންވާނީ ރައްޔިތުންނަށެވެ، ބައިތުލްމާލަށް ރުފިޔާއެއްވަންހެން ހީވެގެން އެފައިސާކޮޅު ދިރުވާލުމަށް ހޮރުމީދާ އެކުރާމަސައްކަތް ކާމިޔާބުވިޔަ ނުދެއްވާށެވެ. ރައްޔިތުންގެ ރުފިޔާކޮޅު ވަގުންގެ އަތްދަށުވެ ރައްޔިތުން ބިކަޙާލުގައި ޖެހެން ބޭނުމެއް ނުވާނޭކަމަށް ގަބޫލު ކުރެވޭތީ ރައްޔިތުން ސަމާލުވެތިބުމަށް ވެސް ގޮވާލަމެވެ.