ބާޣީ ވަޙީދު ޚިސާރުކޮށްގެން އިން ގޮނޑިން އަވަހަށް ފޭބުމަށް އެދި ގޮވާލާ ސިޓީއެއް އެމްޑީޕީ މެންބަރުން ރައީސް އޮފީހަށް ފޮނުވަމުން އެބަދޭ

picture-1902

ބާޣީ ވަޙީދު ޚިސާރުކޮށްގެން އިން ގޮނޑިން އަވަހަށް ފޭބުމަށް އެދި ގޮވާލާ ސިޓީއެއް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ ބަޔަކު ރައީސުލްޖުމްހޫރިޔާގެ އޮފީހަށް ފޮނުވަމުންއެބަދެއެވެ.

މިސިޓީގައި ބާޔާން ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކްޕާޓީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް 11 ނޮވެންބަރ2008 ގައި ފަސްއަހަރުގެ ދައުރަކަށް އިންތިޚާބު ކުރައްވައި ނުހަނު އިޚުލާސްތެރި ކަމާއެކު މަގާމުގެ ވާޖިބުތައް އަދާކުރުން މަތީގައި ދެމި ހުންނަވަނިކޮށް 2012 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 07 ވަނަދުވަހު، ދިވެހި ފުލުހުންނާ ސިފައިންގެ ބަޔަކު ހިންގާފައިވާ ބަޣާވާތެއްގެ ތެރެއިން ދިވެހިރާއްޖޭގެ ގާނޫނީ ރައީސްގެ ބާރުތައް ފޭރިގަތުމާ ގުޅިގެން މިމަހުގެ 07 ވަނަ ދުވަހު ދިވެހި ވެރިކަން ބަދަލުވީ ގޮތާ ބެހޭގޮތުން އަލްޖަޒީރާ ވަން އޯ ވަން އީސްޓުގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައި 24 ގަޑިއިރުގެ ތެރޭގައި ޚިޔާލުފުޅު ބަދަލުވެ ވަޑައިގަތީ ކަމަށް މަނިކުފާނު ވިދާޅުވެފައި ވާތީއާއި އެދުވަހު ރައީސް ނަޝީދުގެ ފޯނުކޯލަށް ޖަވާބު ނުދެއްވުމުން މަނިކުފާނަކީ މިހިނގާދިޔަ ބަޣާވާތުގެ އެންމެ އިސްލީޑަރު ކަމަށާއި، އެހެންކަމުން ދިވެހިރާއްޖެއަށް މިވަގުތަށް އެންމެރަނގަޅު ގޮތަކީ މަނިކުފާނު ފައިބައި ވަޑައިގަތުން ކަމުގައެވެ.

މިގޮތުން މިހާރު މިރާއްޖޭގައި އަމިއްލަބަޔަކު އިސްވެތިބެ ބާޣީވަހީދުގެ ހިޔަނީގައި ނުހަނުބޮޑެތި ލާއިންސާނީ ޖަރީމާތައް ހިންގަމުންދާތީ އެކަން ކުށްވެރިކޮށް އަޑުއުފުލުމަށް އެއްވި ރައްޔިތުންގެ ބޮލަށް ބަނގުރާއަޅާފައިވާކަން ވެސް ފާހަގަކުރަމެވެ. ދެންއަޅާނީ ހިފަހައްޓާފައި ކަރަށް ކަމާމެދަކު ޝައްކެތްވެސް ނެތެވެ. ހުސްވިމަހުގެ 08 ވަނަދުވަހު ރައްޔިތުންގެ ކަރަށާއި، ލަދުވެތި ގުނަންތަކަށް ޕެޕަރސްޕްރޭ ޖަހާފައިވުމުން އެބައިމީހުން މިދެންނެވި ފަދައިން ރައްޔިތުންގެ ކަރަށް ބަނގުރާ ވެސް އަޅަން ތައްޔާރަށް ތިބި ކަމަށް ގަބޫލުކުރާ މީހުން ދުވަހެއް ދުވަހަކަށް މިދަނީ ގިނަވަމުންނެވެ.